ads
ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގައި ރޮނާލްޑޯގެ ޔުވެންޓަސް ޕޯޓޯ އަތް ދަށުވެއްޖެ
ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން ޔުނެވެންޓަސް ބަލިވެއްޖެއެވެ. ޕޯޗުގަލްގައި ކުޅުނު މި މެޗުން ޔުވެންޓަސް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސް އިން މެޗުގެ ފުރަތަމަ މިނިޓްގައި ހެދި ގޯހެއްގެ އެޑްވާންޓޭޖް ނަގައިގެން ޕޯޓޯއިން ލަނޑު ޖެހީ މެހްދީ ތަރޭމީއެވެ. 

ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެވަނަ ހާފުގެވެސް ފުރަތަމަ މިނިޓްގެ ތެރޭގައި ޕޯޓޯއިން ވަނީ ލަނޑެއް ޖަހާފައެވެ. ދެވަނަ ހާފުވެސް ފެށިގެން މިނިޓެއް ނުވަނީސް މި ލަނޑު ޖެހީ މޫސާ މަރޭގާއެވެ.

ރޮނާލްޑޯގެ ޔުވެންޓަސްއަށް މެޗުގައި ސުން ކަނޑުވާލަ ދިނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފެޑެރީކޯ ޗިއޭސާ އެވެ. ޕޯޓޯއާ ޔުވެންޓަސް ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މާރިޗު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް