ads
ފޮޓޯ--އެންވައެންވަޔަރަމަންޓް މިނިސްޓަރީ
ދިހަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަނީ
ކައުންސިލްތަކާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރީން ދިހަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް ގާއިިމްކުރަން ނިންމައިފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީއާއި ކައުންސިލްތަކާ ދެމެދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރަން ނިންމި ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރު،
ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ އަދި ގދ. ތިނަދޫ އެވެ.

your imageފޮޓޯ--އެންވައެންވަޔަރަމަންޓް މިނިސްޓަރީ

އަދި ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއަށް 9.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ކައުންސިލްތަކަށް ފަންނީ ލަފާ ދޭން އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރާނީ ކައުންސިލްގެ ފަރާތުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް