ads
ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަލީ އަޝްފާގު
ގައުމީ ޓީމުގެ މެޗުތައް އަނެއްކާވެސް ފަސްކޮށްފި
ވޯލްޑް ކަޕް- އަދި އޭޝިއަން ކަޕް ކޮލިގައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް އަނެއްކާވެސް ފަސްކޮށްފި އެވެ. މިއީ މެޗުތައް ފަސްކުރި ތިންވަނަ ފަހަރެވެ.

ކޮވިޑާ ގުޅިގެން މެޗުތައް އެންމެ ފުރަތަމަ ފަސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރަށެވެ. އެއީ ކުރިން އޮތް ގޮތުން ނަމަ މިދިޔަ އަހަރުގެ މާރިޗު މަހު ކުޅެން އޮތް މެޗުތަކެވެ. މި ދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރަށް މެޗުތައް ފަސް ކުރުމަށް ފަހު ދެން ފަސް ކުރީ އަންނަ މާޗު މަހު ކުޅޭށެވެ. އެހެންނަމަވެސް މިހާރުވެސް ހާލަތު އޮތް ގޮތުން މާޗު މަހު ކުޅެވޭނެ ކަމަށް ނުފެންނާތީ އަންނަ ޖޫން މަހަށް އަނެއްކާވެސް ފަސް ކުރީއެވެ.

ކޮލިފައިންފައި ރާއްޖޭން ކުޅެން ޖެހޭ ބާކީ އޮތް ދެ މެޗަކީ ޗައިނާއާ ދެކޮޅަށް ކުޅޭ އަވޭ މެޗާ، ސީރިއާއާ ދެކޮޅަށް ކުޅޭ ހޯމް މެޗެވެ. ބެލެވޭ ގޮތުގައި މި ދެ މެޗުވެސް ކުޅޭނީ ޗައިނާގައެވެ. އެއީ ދަތުރުފަތުރަށް ހުރި ހުރަސްތަކުގެ ސަބަބުން، ހުރިހާ މެޗެއް ސެންޓްރަލައިޒްޑްކޮށް ކުޅުމަށް އޭއެފްސީން ނިންމާފައިވާއިރު ޗައިނާއިން އެކަމަށް މިހާރުވެސް ހުށަހަޅާފައިވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް