މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނިކޮށްފައިވާއިރު އެމީހުން ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެތިން މަސް ފަހުންނެވެ.
ޝިދާތާ އާއި ޒިޔާ ކައިވެނިކުރިއިރު މިއީ ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާ ދަނޑިވަޅެއް ކަމުން، ކައިވެނީގެ ޕާޓީ ބާއްވާނެ ކަމަކަށް ނުބެލެވެ އެވެ.
މިދިޔަ މަހުގެ ތެރޭގައި އެންގޭޖުވުމަށް ފަހު، "ޝިދާތާ ސޯޝަލް މީޑިއާގައި އޭނާގެ ހިތް ވަނީ އުފަލުން ފުރިފަައި ކަމަށް ބުނެފައިވެ" އެވެ.
ޝިދާތާ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފަ އެވެ. އަދި ޒިޔާ ދެ ކައިވެންޏެއް ކުރިއިރު އޭނާއަށް ވެސް ދަރިއަކު ލިބިފައިވެ އެވެ. ޝިދާތާގެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ.