ads
ފޮޓޯ: އެމްއެންޑީއެފް
އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއެކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް، ޖެއިޝަންކަރު އެވެ. 

ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ޒަމާނީ ފެންވަރުގެ ނޭވަލް ބަނދަރެއް ތަރައްގީ ކުރެވިގެންދާނެ އެވެ. އަދި މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ގާއިމްކުރުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުންގެ އެހީގައި ދިވެހިން ތަމްރީނުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން، ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބަނދަރާއި ޑޮކްޔާޑް ތަރައްގީކޮށް ހުޅުވުމަށް ވަނީ އެއްބަސްވެފައެވެ. އަދި ދެވަނަ މަރުހަލާގެ ދަށުން، ރާއްޖެއިން ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ ވަގުތެއްގައި ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން މިއަދު ސޮއެކޮށްފައިވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައެވެ. 

މި މަޝްރޫއުއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑީއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އުތުރުތިލަފަޅުގައި ނޭވަލް ބަނދަރެއް ތަރައްގީކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ގިނަ ގައުމުތަކަކާއެކު މަޝްވަރާކޮށް، މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އެގޮތުން އިންޑިއާ އާއިއެކު މިއަދު އެއްބަސްވުމަކަށް އާދެވުނު އިރު، 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އިންޑިއާ އާއިއެކުވެސް އެކި ލެވެލްތަކުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް