ads
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުލާހެއްގައި ދަރިވަރުންތަކަކާ ވާހަކަދައްކަވަނީ -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ރާއްޖޭގެ ޓެލިކިލާހަށް ސަރަހައްދީ އެވޯޑެއް
އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ "ޓެލިކިލާސް" އަށް ސަރަހައްދީ އެވޯޑެއް ލިބިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓެލިކިހާލަށް ވެންހުއި އެވޯޑް ފޯ އެޑިއުކޭޝަނަލް އިނޮވޭޝަން 2020 ލިބިފައިވާ ކަމަށެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެއަށް ލިބުން އެވޯޑެކެވެ. 

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ މި އެވޯޑު، ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ ފަހަރެެވެ. މި އެވޯޑާއެކު ރާއްޖެއަށް އިނާމެއްގެ ގޮތުގައި 20،000 ޑޮލަރު ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކުރަން ޖެހުނު ދަނޑިވަޅުގައި އެ ކުދިންގެ ކިޔެވުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމުގެ މަގްސަދުގައި މިނިސްޓްރީން ވަނީ ޓެލިކިލާސްތަކެއް ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މި ކްލާސްތައް ގެނެސްދިނީ ޕީއެސްއެމްގެ މުންނާރު ޗެނަލް އާއި ދިވެހި ޗެނަލްގެ އިތުރުން ޔެސްޓީވީ މެދުވެރިކޮށެވެ.

އެ ކްލާސްތައް ކުރިއަށް ގެންދިޔައިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކްލާސްތައް ކުރިއަށްދާނެ ގޮތުގެ ޓޭބަލް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އަދި އެއްވެސް ސަބަބަކާހުރެ ކްލާސްތަކުގައި ބައިވެރިނުވެވުން ދަރިވަރުންނަށް ނޯޓްތައް ހިއްސާކުރަމުންދިޔަ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.  

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް