ads
އައްޑޫ ސިޓީ
އައްޑޫ ކުލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 70 އަށް!
އައްޑޫ ސިޓީގައި ފެތުރެމުންދާ ކޮވިޑް 19 ގެ ކުލަސްޓާ ބޮޑުވެ، އެ ކުލަސްޓާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 70 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އަށް އިތުރު 5 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 364 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފަ އެވެ.

އަދި މިއަދު އައްޑޫ ސިޓީ މީދޫ އިން ވަނީ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިހާރު އެ ކުލަސްޓާގައި ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ.

މީގެ އިތުރުން ހިތަދޫއިން 21 މީހަކު، މީދޫއިން 2 މީހަކު، މަރަދޫ ފޭދޫއިން 4 މީހަކު، ފޭދޫއިން 16 މީހަކު އަދި އެމްޓީސީސީގެ މަސައްކަތު ސައިޓްއިން 26 މީހަކު ވަނީ އައްޑޫއިން ކޮވިޑްއަށް ޕޮޒިޓިވްވެފައިކަން އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުގައި އައްޑޫގައި 43 އެކްޓިވް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިއްޔެ އެކަނިވެސް ވަނީ 116 ސާމްޕަލެއް ނަގާފައެވެ. އަދި ކޭސްތައް ފެންނަމުންދާތީ އައްޑޫއިން ރެމްޑަމް ސާމްޕަލް ނަގަމުންދާއިރު، މިހާތަނަށް 2408 ސާމްޕަލެއް ނަގާފައި ވާކަން ވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފަ އެވެ.

އެސެންޓަރުން ބުނީ މިހާރު 26 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ އެކަކަށް ކަމަށެވެ. އަދި އައްޑޫގައި 194 ގެއެއް ކަރަންޓީންއަށް ލައިފާވާކަމަށްވެސް މައުލޫމާތުދެއެވެ.

އައްޑޫ ސިޓީގައި ކޮވިޑް 19 ފެތުރެމުން ދާއިރު އެ ސިޓީއިން ވަނީ ދެ ކްލަސްޓާއެއް ފެނިފައިއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓާއަކާއި، އޭވިއޭޝަން ކްލަސްޓާއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓާއާ ގުޅިގެން ހުޅުދޫމީދޫއިން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެ ކްލަސްޓާ ކޮންޓެއިންވެފައި ވީނަމަވެސް އޭވިއޭޝަން ކްލަސްޓާ އަދި އޮތީ އެކްޓިވްކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް