ads
އައްޑޫ ސިޓީ
އައްޑޫ މީދޫގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ
އައްޑޫ ސިޓީ މީދޫގައި ކަރަންޓީނުގައި ހުރި މީހަކު މިއަދު ކޮވިިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫ ސިޓީ މީދޫ ކައުންސިލު މެމްބަރު، ހުުސައިން އިޔާޒް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އެ އަވަށުން ޕޮޒިޓިވްވެފައިވާ މީހާއަކީ އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވެފައި ވަނީ ކޮން ކުލަސްޓާއަކާ ގުޅިގެންކަން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން އިޔާޒު ވިދާޅުވީ މިއަދު ޕޮޒިޓިވްވި ފިރިހެން މީހާގެ ދަރިފުޅު ޕޮޒިޓިވްވީ ކޮވިޑްގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމުން ނެގުނު ސާމްފަލުން ކަމަށާއި އެ ކުއްޖާ ވެސް ނިސްބަތްވާ ކްލާސްޓާ ސާފު ނުވާ ކަމަށެވެ. 

މިހާރު އައްޑޫ ކުލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70 އަށް އަރާފަ އެވެ. 

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު އައްޑޫގައި 43 އެކްޓިވް ކޭސް އެބަ އުޅެ އެވެ. އަދި އިއްޔެ 116 ސާމްޕަލެއް ނަގާފައިވެއެވެ. އަދި ކޭސްތައް ފެންނަމުންދާތީ އައްޑޫއިން ރެމްޑަމްގެ ސާމްޕަލްތައް ނަގަމުންދާއިރު، މިހާތަނަށް 2408 ސާމްޕަލެއް ނަގާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް