ads
ކައިވެނި
ސޯލްޓް ކެފޭގައި ކުރިއަށް ދިޔަ ކައިވެނީގެ ޕާޓީއެއް ހުއްޓުވައިފި
މާލޭގެ ސޯލްޓް ކެފޭގައި ކުރިއަށް ދިޔަ ކައިވެނީގެ ޕާޓީއެއް ފުލުހުން ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނީގެ ހަފްލާއެއް ހުއްޓުވާފައިވާ ކަމަށެވެ. 

އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ހަވީރު 17:30 ގަ އެވެ. އަދި ސޯލްޓް ކެފޭ ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ އެޗްޕީއޭ އިން ވަނީ ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވެސް މަނާކޮށްފަ އެވެ. މިދަނޑިވަޅުގައި ސިއްރުން ބައެއް މީހުން ޕާޓީތައް ބާއްވަމުން އަންނައިރު ބައެއް ފަރާތްތައް މީގެ ކުރިން ވެސް ޖޫރިމަނާކޮށްފައިވެ އެވެ. 

ފުލުހުން ބުނާ ގޮތުގައި މިއަދު ހަވީރު ކުރިއަށްދިޔަ ޕާޓީ ހުއްޓުމަށް ފުލުހުން ގޮސް އެންގުމުން ފުރަތަމަ ހުއްޓާލާފައެއް ނުވެ އެވެ. އެހެންވެ ދެވަނަ ފަހަރަށް ފުލުހުން ގޮސް ޕާޓީ ހުއްޓުވި އެވެ. އަދި ކެފޭ ޖޫރިމަނާކުރީ 5000 ރުފިޔާ އިންނެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް