ads
ރައީސް ޖޯ ބައިޑެން، ފަސްޓް ލޭޑީ ޖިލް، ނައިބު ރައީސް ކަމަލާ ހެރިސް އަދި އެކަމަނާގެ ފިރިކަލުން ވައިޓް ހައުސް ބޭރުގައި ހަމަހިމޭންކަމުގެ ސުކޫތު ފާހަގަކުރައްވަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ކޮވިޑް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު ފަސްލައްކައަށް ވުރެ އިތުރު
ކޮވިޑް-19 ބަލިމަޑުކަމުގައި އެމެރިކާއިން 500،000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އެކަމުގެ ހިތާމަފާޅު ކުރައްވާ ރައީސް ޖޯ ބައިޑެން ގައުމާ މުހާތަބު ކުރައްވައިފި އެވެ.

މި ބަލީގައި އެމެރިކާއިން ފަސްލައްކައަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ދުނިޔޭގައި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމަކީ ވެސް އެއީ އެވެ. 

"ގައުމެއްގެ ގޮތުގައި މިކަން އަޅުގަނޑުމެން ބަލައިގަނެގެން ނުވާނެ. ހިތާމައަށް އާދަވުމާ ދުރުވާން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެ،" ބައިޑެން ގައުމާ މުހާތަބު ކުރައްވާ ވިދާޅުވި އެވެ.

ބައިޑެން އާއި ފަސްޓް ލޭޑީ ޖިލް އަދި ނައިބު ރައީސް ކަމަލާ ހެރިސް އާއި އެކަމަނާގެ ފިރިކަލުން ވަނީ ވައިޓް ހައުސްގެ ބޭރުގައި ހަމަހިމޭންކަމުގެ ސުކޫތެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވަނީ ވެސް އެމެރިކާގަ އެވެ. އެގައުމުން 28.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް ޖެހިފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް