ads
އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން--
އިންޑިއާ ސަރުކާރުން ހަދިޔާކުރި 100،000 ޑޯޒް ވެކްސިން ލިބިއްޖެ: އެޗްއީއޯސީ
އިންޑިއާ ސަރުކާރުން ހަދިޔާކުރި 100،000 ޑޯޒް ވެކްސިން ލިބިއްޖެކަމަށް އެޗްއީއޯސީ އިން ހާމަކޮށްފިއެވެ.

މިކަމާ ގޫޅޭ ގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހު ލިބިފައިވާ 100،000 (އެއް ލައްކަ) ޑޯޒް ވެކްސިނަކީ އިންޑިއާ ސަރުކާރުން ފަހުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ކަމަށެވެ. 

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ހަދިޔާކުރުމުގެ ރަމްޒީ ފިލާ ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ރާއްޖޭގެ ފަރާތުން ވެކްސިން ހަވާލު ކުރިކަމުގެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިމަހުގެ 20 ވަނަ ދުވަހު ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ލިބިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރޭ ބުނެފައެވެ. 

އެޗްއީއޯސީ ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ވެކްސިން އެބަހުރި ކަމަށާއި މެދުކެނޑުމެއްނެތި ވެކްސިނޭޝަން ޕްރޮގްރާމު ކުރިއަށްދާނެ ކަމަށެވެ. އަދި 20 ފެބްރުއަރީގައި ވަނީ ވެކްސިންގެ އެއް ލައްކަ ޑޯޒް ލިބިފައި ކަމަށް ވެސް ނާސިރު ވިދާޅުވި އެވެ.

your imageއެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް——ފޮޓޯ:އެޗްއީއޯސީ

ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެސް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނެވެ. އެއް ލައްކަ ޑޯޒްގެ އެ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިމަހުގެ އެކަކުން ފެށިގެން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް 100،000 (އެއްލައްކަ) ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ. މިއާއެކުު ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ވެކްސިނުގެ އަދަދު ވަނީ 200،000 (ދެ ލައްކައަށް) އަރާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް