ads
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ފްލެޓުތައް ފެނޭތޯ ބަލަން އަޅުގަނޑުވެސް ބޭނުން: ރައީސް ނަޝީދު
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ އެއްކޮޓަރީގެ ފްލެޓުތައް ގެއްލިފައިވާނަމަ އެ ފްލެޓުތައް ފެނޭތޯ ބަލަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިޖުތިމާއި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރުން ފުންފުނިތަށް މެދުވެރިކޮށްގެން އެޅި އެއްކޮޓަރީގެ ފްލެޓުތަކާއި މެދު މިސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިތުރުފުޅު ހައްދަވާފައިވާކަމަށް ޝިޔާމް ވިދާޅުވުންނެވެ. 

ޝިޔާމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 1 ކޮޓަރީގެ އެޕާޓްމަންޓުތައް ވުޖޫދުގައި ނެތްކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށާއި، އަޅާފައި ހުރި ފްލެޓުތަކެއް ވުޖޫދުން ގެއްލުނީ ކީއްވެގެންތޯ ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށެވެ. 

ޝިޔާމް މިހެން ވިދާޅުވުމާއެކު ރައީސް ނަޝީދުވަނީ ޝިޔާމްގެ ވާހަކަ ހުއްޓުވައި، މިނިސްޓަރު އަސްލަމް އެހެން ވިދާޅުވެފައި ވަނީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވާފައެވެ.  އެ ފްލެޓްތައް ގެއްލިފައި ވާނަމަ ފްލެޓުތައް ހޯދަން އެމަނިކުފާނުވެސް ބޭނުންފުޅުވާކަމަށް ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު މިއުޅެނީ ވަޒީރު ތިޔަހެން ވިދާޅުވެފައި ހުރި ތަނެއް ހޯދަން. އަޅުގަނޑުވެސް ތިޔަ ފްލެޓު ގެއްލިފައި ހުރެއްޖެއްޔާ ފެނޭތޯ ބަލަން ބޭނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަ ކުރިއަށްގެންދަމުން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ކުންފުނިތަކާއި ހަވާލުކޮށްގެން އަޅާފައިވާ 12 ޓަވަރުގެ ސްޓްރަކްޗާ ނިމިފައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި ނުނިމިހުރީ އެސްޓީއޯ އާއި ހަވާލުކުރި 2 ޓަވަރު ކަމަށާއި އެދެޓަވަރުގެ މަސައްކަތް ނިމުމުން ޖުމްލަ 14 ޓަވަރު ހުންނާނެކަމަށެވެ. 

ޝިޔާމް އެ އިޝާރާތް ކުރައްވާ ޓަވަރުތަކަކީ، އެއްކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ފްލެޓު ތަކެވެ. އެގޮތުން އެއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ 4 ފަނގިފިލާގައި ހުންނާނީ 1 ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެއިތުރުން މިމައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވަނީ، އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ "ފަހި ދިރިއުޅުން" ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުސޫލުން، ކުރިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި، ފައިދާއެއްލައިގެން ވިއްކަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް