ads
އަހުމަދު ސަލީމް--
ރައްޔިތުންގެ ކަންކަން ބޮއްސުންލީ ހުރިހާކަމެއް އެޗްޕީއޭއާ ހަވާލުކުރުމުން: އިދިކޮޅު
ކޮވިޑް-19 ގެ ހާލަތުގައި ރައްޔިތުންގެ ހުރިހާ ކަމެއް ބޮއްސުންލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހަވާލުކުރުމުން ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅުގެ ޖަވާބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވެވީ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. 

ޖަވާބު އިއްވަމުން ސަލީމް ވިދާޅުވީ ރާއްޖެއަށް ކޮވިޑް އައުމާއެކު ސަރުކާރުން ވަނީ ހެލްތް އެޗްޕީއޭއަށް ރައްޔިތުންގެ ހުރިހާ ކަމެއް ދޫކޮށްލާފައި ކަމަށާއި އެގޮތަށް އެކަން ކުރުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސޯދީ ހުރިހާ ކަމެއް ވަނީ ބޮއްސުންލާފައި ކަމަށެވެ. 

އަދި އެޗްޕީއޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލާ، އެ މުވައްސަސާ ސިޔާސީކޮށް، އެ މުވައްސަސާގެ ނަން ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަތޮޅުތެރެއަށް ކޮވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުތައް ކުރުމުގެ ސަބަބުން ކަމަށާއި ކޮވިޑް މެނޭޖް ކުރުމުގާ ސަރުކާރު ވަނީ އިހުމާލުވެފައި ކަމަށް ވިދާޅުވި އެވެ. 

އަދި ދިވެހިރާއްޖެއަކީ އުފެދުމުގައި ވެސް ވަކިވަކިން ހުރި ރަށްތަކަކަށްވާއިރު، ރަށްރަށަށް ބަލި ފެތުރެމުން ދިއުމަކީ، ހާއްސަކޮށް އައްޑޫސިޓީއާ ފުވުއްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި އާދަޔާ ހިލާފަށް ކޯވިޑު ފެތުރެން ފެށުމަކީ ސިއްހީ މާހިރުން ހަދާފައިވާ އުސޫލުތަކަށް ސަރުކާރުން އިހުތިރާމު ނުކުރުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ.

އެގޮތުން ސިޔާސީ ބޭނުންތަކަށް ރުކާރުން ރަށްރަށަށް މީހުން ފޮނުވައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުން އެއީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ސިޔާސީ ބޭނުންތަކުގައި ހާއްސަ ހުއްދައިގެ ދަށުން ސަރުކާރުން ރަށްރަށަށް މީހުން ފޮނުވައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،" އިދިކޮޅުގެ ޖަވާބު އިއްވަމުން ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، އަހަރެއް ވާން ގާތްވެފައިވާއިރު މިހާތަނަށް ރާއްޖެއިން 19000 އަށް ވުރެ ގިނަ ބަޔަކަށް ބަލި ޖެހިފައިވެ އެވެ. އަދި މިހާރު ކޮވިޑްގެ ތިން ވަނަ ރާޅު އަރާއި ހަަމަކޮށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ 100 އިން މަތީގަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް