ads
ހަމްޕު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑެއްޔާއެކު
ކެރިއަރު ނަގައިލެވޭކަށް ނެތް، ލީގު ފެށޭނެ ގޮތް ހަދައިދީ: ހަމްޕު
ފުޓްބޯޅަ ކެރިއަރު ނަގައިލެވެން ނެތް ކަމަށާއި، ލީގުގެ ކުޅުން އަލުން ފެށޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު- ހަމްޕު ގޮވާލައިފި އެވެ. ހަމްޕު މި ކަމަށް ގޮވާލާފައިވަނީ ސޯޝަލް މީޑިއާގައެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މި މަހުގެ ކުރީކޮޅުން ފެށިގެން ދިވެހި ލީގުގެ ކުޅުންވަނީ މެދުކަނޑާލާފައެވެ. އަދި ލީގުގެ ކުޅުން އަލުން ފެށޭނެ ދުވަހެއް ކަނޑައެޅިގެން ނޭނގޭއިރު ހަމްޕުވެސް ހިމެނޭ ގޮތަށް ފުޓްބޯޅަ ކުޅުންތެރިން އަންނަނީ ކުޅުން އަލުން ފެށުމުގެ އިންތިޒާމްތައް އަލުން ހަމަ ޖައްސައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ގައުމީ ޓީމު އަދި އެއްވަނަ ޑިވިޝަނުގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކަމާ ބެހޭ ފަރާތްތަކުން އެދެނީ ލީގު އަލުން ފެށުމުގެ އިންތިޒާމްތައް ހަމަ ޖައްސައިދިނުމަށް. ކެރިއަރު ނަގައިލެވޭކަށް ނެތް. ހުރިހާ ކުޅުންތެރިން މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާތީ، ލޯކަލް އަދި އިންޓަރނޭޝަނަލް މެޗުތަކަށް ތައްޔާރުވުމަށް ކުޅުން އަލުން ފެށުމުގެ އިންތިޒާމްތައް ހަމަ ޖައްސައިދީ،

ކޮވިޑާ ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލިއިރު ލީގުގެ ދެވަނަ ބުރުގެ ކުޅުންވަނީ ފެށިފައެވެ. ކުއްލި ގޮތަކަށް އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރުމާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލަން ޖެހުމުން ފުޓްބޯޅަވެސް ވަނީ ހުއްޓިފައެވެ. ލޯކަލް މެޗުތައް މެދު ކަނޑާލާފައިވާއިރު، ގައުމީ ޓީމުން އަންނަ މަހު ކުޅެން ޖެހޭ މެޗުތައް އަންނަ ޖޫން މަހަށް އޭއެފްސީން ވަނީ ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް