ads
ޖޭއެސްސީ ---
17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި 18 މާޗު 2020 ގައި ރައީސް އެޅުއްވި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި 19 މާޗުން ފެށިގެން ސަރުކާރު ބަންދުކުރަން ނިންމި ކަމަށެވެ. 

އެގޮތުން ސަރުކާރު ބަންދުކުރާ މުއްދަތުގައި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހިމަނުއްވާފައިވާއިރު ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވާފައިވާ ކަމަށެވެ. 

އެކަމަކު އެގޮތަށް އެކަން ކުރުމަށް އަންގައި ނެރުނު ސްޕްރީމް ކޯޓުގެ ސާކިއުލާ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސާކިއުލާއާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާތީ ޖޭއެސްސީގެ 22 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކޮމިޝަނުން އިސްނަގައިގެން މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. 

ޖޭއެސްސީން ބުނީ، އެ މައްސަލަތައް ތަހްގީގުކުރާނެ ކޮމިޓީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލާފައިވާ ކަަމަށެވެ.

މައްސަލަ ބަލަން ނިންމި ފަނޑިޔާރުން:

1. ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އާދަމް އިބްރާހީމް އިސްމާއީލް
2. ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޒު ހުސައިން ޝަހާމަތު މާހިރު
3. ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ހުސައިން އިބްރާހީމް
4. ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ޢަލީ ޝަފީގު
5. ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު އާމިރު
6. މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޒު އަހުމަދު ޝަރީފް
7. ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު އަހްމަދު
8. ކ. ގުޅި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒި އަހްމަދު ނަސީމް އަލީ
9. ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަބްދުލްމަޖީދު
10. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު ޝަރީފް
11. ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު ހަސަންމަނިކު
12. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު ސައީދު އަލީ
13. ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު ޝަރީފް
14. ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ނަދީރު މުހައްމަދު
15. ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު ސޯދިގު
16. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަބްދުﷲ ހަމީދު
17. ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހީމް ޒާހިރު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް