ads
ރާއްޖެ އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ---
ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސްގައި ރާއްޖެ އިސްތިހާރުކޮށްފި
އިނގިރޭސިވިލާތުގައި ބާއްވާ "ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސް 2021" ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރި ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މައުލޫމާތު ދިން ގޮތުގައި "ޕްރޮޕެލް ފޯވާޑް ވާޗުއަލް ކޮންފަރެންސް 2021" އަކީ ކޮވިޑް 19ގެ ބަލިމަޑުކަމުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން ޓްރެވަލް އިންޑަސްޓްރީގެ ފަރާތްތަކާއި ކޮންޓެންޓު އުފައްދާ ފަރާތްތައް އަދި މީޑިއާތަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. 

އެގޮތުން ދެދުވަހުގެ މި ވީޑިއޯ ކޮންފަރެންސްގައި ބައިވެރިވެ ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ކޮންޓެންޓު އުފައްދާ ފަރާތްތައް އަދި މީޑިއާތަކާ ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. 

މި ކޮންފަރެންސްގައި ބޮޑަށް އިސްކަމެއް ދިނީ ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ގައުމަކަށް ވުމުން މި ދަނޑިވަޅުގަިއ ފަތުރުވެރިންނަށް ބޭނުންވާ ސިއްހީ ރައްކާތެރިކަން، ޖަޒީރާ މާހައުލެއްގައި ކަށަވަރުވާނެ ކަމުގެ މެސެޖު މި ކޮންފަރެންސްގައި ރާއްޖެއިން ދިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މީގެ އިތުރުން ކޮންފަރެންސްގެ ބައިވެރިންނަށް ރާއްޖޭގެ ރީތި މާހައުލު ދައްކައިދިނުމުގެ ގޮތުން ރާއްޖެއަންނަ ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ތަފާތު ތަޖުރިބާތައް ހިމެނޭ ވީޑިއޯތައް ދައްކާލާފައިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. 

މި ކޮންފަރެންސްގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެފައިވަނީ ސްޕޮންސަރެއްގެ ގޮތުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. 

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު އިނގިރޭސިވިލާތަކީ މުހިއްމު މާކެޓެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި އަހަރުގައި ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޖަޒީރާ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިކުރުމުގެ ގޮތުން އާ ސްރެޓެޖީތަކެއް ކަނޑައަޅާފައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރު ޖެނުއަރީ މަހުގައި ރާއްޖެއަށްވަނީ އެއް ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް