ads
މަގުމައްޗަށް ބަނގުރާފުޅިތައް ތަޅާލި ހިސާބުގައި ފުލުހުން ހަރަކާތްތެރި ވަނީ ---
ބަނގުރަލާއެކު ހުއްޓުވުމުން، ބަނގުރާފުޅިތައް މަގުމައްޗަށް ތަޅާލައިފި
ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި ގެންގުޅު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރު ކުރީ މިއަދު 19:30 ހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ހުއްޓުވުމަށް ފަހު ކަމަށެވެ.

އެގޮތުން މި ދެމީހުން ހުއްޓުވާފައިވަނީ ވަންވޭ އާއި އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. 

މި ދެ މީހުން ހުއްޓުވުމުން، އެމީހުން ގެންގުޅުނު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓާ ތަޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް