ads
ފުލުހުންގެ މައި އިދާރާ--
މޮރޮކޯ އަންހެނުން ހޯދައިދޭނެ ކަމަށް ބުނާ ޕޯސްޓުގެ މައްސަލަ ބަލަނީ
މޮރޮކޯ އަންހެނުން ހޯދައިދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބޭރު ގައުމެއްގެ އަންހެނުން ހޯދައިދޭނެ ކަމަށް ބުނެ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައުރުކުރަމުންދިޔަ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. 

ހިއުމަން ޓްރެފިކިންއަށް ހިތްވަރު ލިބޭ ގޮތަށް ކުރާ މިފަދަ ޕޯސްޓްތަކުގެ މައްސަލަތަކަކީ ފުލުހުން ނުހަނު ކަންބޮޑުވާ އަދި ސީރިއަސް މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އެ ޕޯސްޓް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް ވެސް އެދިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ ޕޯސްޓުގައި ޖަހާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ، މުހައްމަދު ޝުރައިހްގެ ފޯނު ނަމްބަރެވެ. 

އެގޮތުން އެ ބޭފުޅުންނަށް 100 އަށް ވުރެ ގިނަ ކޯލް އައިސްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް