ads
ރިއާލް މެޑްރިޑްގެ ކޯޗު ޒިދާން
ޗެމްޕިއަންސް ލީގު: އެޓަލަންޓާ ބަލިކޮށް ރިއާލް މެޑްރިޑް ކުއާޓާއާ ގާތަށް
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެޓްލާންޓާގެ މައްޗަށް ރަށުން ބޭރުގައި ރިއާލް މެޑްރިޑް ކުރި ހޯދައިފި އެވެ. ރިއާލް މެޑްރިޑު ރަށުން ބޭރުގައި އެޓްލާންޓާ އަތުން ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު އެޓްލާންޓާގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެޓްލާންޓާއިން މެޗުގެ ބޮޑު ބައި ކުރިއަށް ގެންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މި މެޗުގައި ރިއާލް މެޑްރިޑުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެންޑީއެވެ. މި ލަނޑު ޖެހީ މެޗު ނިމެން ވަރަށް ގާތްވެފައިވަނިކޮށެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ ރިއާލް މެޑްރިޑުން މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުހިމަނަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޯސްއާ، ކަރީމް ބެންޒެމާގެ އިތުރުން އެޑެން ހަޒާޑް ހިމެނެއެވެ.

މި ދެ ޓީމުގެ ދެވަނަ ލެގުގެ ކުޅުން އޮންނާނީ މާޗު މަހުއެވެ. މާޗު މަހުގެ ސޯޅަވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެންވެސް ރިއާލް މެޑްރިޑަށް ކުއާޓާއަށް ދެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް