ads
ގެއްލުނު ފަތުރުވެރިޔާ--
ގެއްލުނު ފަތުރުވެރިޔާގެ މައުލޫމާތު ދޭ މީހަކަށް 1 ލައްކަ ޑޮލަރު ދެނީ!
ރ. އަތޮޅު އިންޓަކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިނަށް ގޮސް އުޅެނިކޮށް މިމަހުގެ 13 ވަނަ ދުވަހު ގެއްލިފައިވާއިރު އޭނާއާ ގުޅޭ މައުލޫމާތުދޭ މީހަކަށް އެއް ލައްކަ ޑޮލަރު ދިނުމަށް އާއިލާއިން ހުށަހަޅައިފި އެވެ.

ސްނޯލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އަންނަނީ ކެނެޑާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއެޑުރެ ވަސްކައިޓް އެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފުން ވަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް ބަލާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ފަތުރުވެރިޔާގެ ހިލަމެެއް ނުވެ އެވެ. 

ދުބާއީގައި ދިރިއުޅެމުން އައި މި ދެމަފިރިން ޗުއްޓީ ހޭދަކޮށްލުމަށް އައިއިރު އަންހެނުންގެ ބަނޑަށް އަށް މަހެވެ. އަނބިމީހާއާއެކު ހޭދަކުރި ފަހު ވަގުތުކޮޅު ހިއްސާކުރަމުން އޭނާގެ، ފިރިމީހާ، ޕަރްމަރް ގުރުޝަރަންޖިތު ސިންގް ހަލީޖް ޓައިމްސްއަށް ބުނީ ދެމީހުން ޕޫލުގައި ތިބުމަށް ފަހު މެންދުރުފަހު 3:30 ހާއިރު އަނބިމީހާ ބޭނުންވީ މޫދަށް އެރިލުމަށް ކަމަށެވެ.

އޭނާ ބުނީ އަންހެނުން މޫދަށް ދިއުމުން ރޫމަށް ގޮސް ޖައްސާލިތަނާ އޭނާއަށް ނިދުނީ ކަމަށާއި އަދި ހޭލެވުނުއިރު އިރުއޮއްސި 6:30 ވެފައިވާ ކަމަށެވެ. އޭރު އަންހެނުންގެ ހިލަމެއް ނެތުމުން އެތަނުގެ ރިސެޕްޝަނަށް ގުޅައި އެކަން ހިއްސާކުރި ކަަމަށެވެ.

އެއާއެކު އޭނާ ހޯދުމުގެ މަސަައްކަތް ވެސް ފެށުނުއިރު އަނބިމީހާ ގެއްލުން މައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނަށް ވެސް ޖެހިގެން އައި ދުވަހު ރިޕޯޓްކުރި ކަމަށް ބުނެ އެވެ.

އެގޮތުން އެ ހާދިސާއަށް ދުވަސްތަކެއްވެފައިވީ ނަމަވެސް ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކުން އެކަމަށް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށާއި އަންހެނުން ގެނބުނީ ކަމެއް ރަހީނުކުރީ ކަމެއް އަދި ބަޔަކު އޭނާއަށް ގެއްލުމެއް ދިނީކަމެއް ވެސް ނޭނގޭ ކަމަށް ބުނެ އެވެ.

އެ އާއިލާއިން ވަނީ އަންހެން މީހާ ގެނބުން ކަމަށް ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. ސަބަބަކީ އަންހެން މީހާއަކީ ފެތުންތެރިއެއް ކަމަށާއި އަދި އެތުލީޓެއް ކަމުން، އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ގަބޫލުކުރަން ވެސް އެމީހުން ދެކޮޅު ހަދަ އެވެ. 

"އޭނާ ގެނބުނަސް، ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑު ފެނުން މައްޗަށް އަރަން ޖެހޭނެ،" 

އަންހެން މީހާ ރަހީނުކުރީ ކަމަށް އެ އާއިލާއިން ތުހުމަތުކުރާއިރު އެމީހުން ވަނީ އެކަމަކީ ރާއްޖޭގައި "އާންމު" ކަމެއް ކަމަށް ވެސް ބުނެފަ އެވެ. އެހެންކަމުން، އެ އަންހެން މީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރާ މީހަކަށް އެއް ލައްކަ ޑޮލަރު ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް