ads
ދިޔަވެ އަޑިއަށް ދިޔަ ލޯންޗު----
މާލޭ ފަޅުތެރެއިން ލޯޗެއް އަޑިއަށް ދަނީ
މާލޭ ފަޅުތެރެއިން ލޯޗެއް އަޑިއަށް ދާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ ކޯޑނޭޓަރު ބުނީ އެ ލޯންޗަކީ ވިލާކޮލެޖް ކުރިމަތީ ފަޅުތެރޭ އޮތް ލޯންޗެއް ކަަމަށެވެ. އަދި އެ ލޯންޗު ދިޔަވެ އަޑިޔަށް ދާތީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރުވަނީ ކްރޭނުގެ އެހީގައި ލޯންޗު ފަޅުތެރެއިން ނަގާފައެވެ. 

އެމްއެންޑީއެފްއިން ބުނީ އެ ލޯންޗު މަށްޗައް ނެގުމުން ލޯންޗުގެ ތެރޭގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމަށް ޕަންޕު ޖަހާ ދިނުމަށް ވެރިފަރާތުން އެދިފައިވާ ކަމަށެވެ. 

މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުން ވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް