ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު އަދި އެފްއޭގެ ޖީއެސް
ކެފޭ ރެސްޓޯރަންޓް ބަންދު- ބޯޅަ ކުޅެން ހުއްދަ!
ކޮވިޑުގެ ހާލާތު ގޯސްވެ، މާލެ ސަރަހައްދުގެ ސައި ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ރޭގަނޑު ބަންދު ކުރަން ނިންމި ނަމަވެސް، ފުޓްބޯޅަ ޕްރެކްޓިސް ފަށަން އެޗްޕީއޭއިން ހުއްދަ ދީފި އެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ސައި ހޮޓާ ރެސްޓޯރަންޓް ފަދަ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ރޭގަނޑު އަށެއް ޖަހާއިރު ބަންދު ކުރަން އެޗްޕީއޭއިންވަނީ އަންގާފަ އެވެ. އަނެއްކޮޅުން މާލޭގެ ހާލަތު މިހާރު އޮތީ ލޮކް ޑައުންއަކަށް ދާ ހާލަތުގައި ކަމަށް ސިއްހަތާ ބެހޭ ވަޒީރު ކެރަފާ ނަސީމުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެފްއޭއެމާ ކުލަބުތަކުން މެދު ނުކެނޑި ކުރި ޕްރެޝަރަށް ފަހު ކްލަބުތަކުގެ ފަރިތަކުރުންތައް ފަށަން އެޗްޕީއޭއިންވަނީ ހުއްދަ ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައިވާ ގޮތުން ކްލަބުތަކުގެ ޕްރެކްޓިސް ފެށުމަށްވަނީ ހުއްދަ ދީފައެވެ.

ކްލަބުތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިން އިރު، ލީގު މެދުކަނޑާލުމުގެ ކުރިން ބައެއް ކްލަބުތަކުގެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޕޮޒިޓީވްވީ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑު ވިކްޓްރީގެ ބައެއް ކުޅުންތެރިންނާ ކުލަބު ވެލެންސިޔާގެ ކުޅުންތެރިއަކު ހިމެނެއެވެ.

މެދުނުކެނޑި ކުރި ޕްރެޝަރަށް ފަހު އެޗްޕީއޭއިން ފުޓްބޯޅަ ކްލަބުތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިން އިރު، އަންނަ މަހު ގައުމީ ޓީމުން ކުޅެން ޖެހޭ މެޗުތައް އޭއެފްސީންވަނީ ޖޫން މަހަށް ފަސްކޮށްފައެވެ.

ކްލަބުތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިން އިރު، ކޮވިޑުގެ ތިންވަނަ ރާޅުގައި މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށާއި އިތުރު ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ހާލަތު ގިނަ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެތީ އަވަހަށް ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވަނީ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް