ads
ޖޭޒްމީން އަދި އަލީ
ެމިއަހަރުގެ އުފަން ދުވަހު ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ޖޭސްމީން: އަލީ
އަލީ ގޯނީ އަދި ޖޭސްމިން ބާޝިން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ބިގްބޮސް 14 ގައި ވައިލްޑްކާޑުގައި އަލީ ވަނީއްސުރެ އޭނާ އާއި ޖޭސްމީންގެ ގާތްކަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފަ އެވެ.

މިހާރު ބިގްބޮސް ނިމިފައިވާއިރުގައި އަލީ އަދި ޖޭސްމީން ވަނީ އަލީގެ އުފަން  ދުވަހުގެ ޕާޓީގައި ބައިވެރިވެފަ އެވެ. އަދި އަލީގެ މަންމަ ދާދިފަހުން ވިހޭ ދަރިފުޅާ ވެސް ޖޭސްމީން ބައްދަލުކުރި އެވެ.

މިއަހަރު އަލީ އޭނާގެ އުފަން ދުވަސް ވެސް ޖޭސްމީނާއި އެކީ ހޭދަކޮށްފައިވާއިރު އެ ތަޖުރިބާ އަލީ ވަނީ ބޮމްބޭ ޓައިމްސްއާ ހިއްސާކޮށްފަ އެވެ.

އެގޮތުން އޭނާއަށް އުފަން ދުވަހުގައި މިއަހަރު ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ޖޭސްމީން ކަމަށް އަލީ ވަނީ ބުނެފަ އެވެ. އަދި ޖޭސްމީން އޭނާގެ ދިރިއުޅުމުގެ ބަޔަކަށް ވީތީވެސް އަލީ ވަރަށް ޝުކުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

your imageއަލީގެ އުފަން ދުވަހުގެ ތެރެއިން

މީގެ އިތުރުން އަލީއަށް މިފަހަރުގެ އުފަން ދުވަސް ވަރަށް އުފާވެރި ކަމަށް ބުނެ އެވެ. އަދި އޭނާގެ އާއިލާގެ މީހުންނާއި ޖޭސްމީން އެއްބައިވެގެން ސަޕްރައިޒް ޕާޓީއެއް ބޭއްވި ކަމަށް ވެސް އަލީ ބުނެ އެވެ. 

އަދި ޖޭސްމީން އޭނާއަށް ހަދިޔާއަކަށް ދިނީ އޭނާއަށް އެންމެ ކަމުދާ ހެޑްފޯނާއި ވަރަށް ރީތި ޖެކެެޓެއް ކަމަށް ވެސް އަލީ ބުންޏެވެ. 

ޖޭސްމީންގެ އިތުރުން އޭނާގެ އާއިލާ މީހުން ވެސް ގިނަ ހަދިޔާތަކެއް ދިން ކަމަށް އަލީ ފާހަގަކުރި އެވެ.

 

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް