ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 133 މީހުން
ރާއްޖެއިން އިތުރު 133 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ޓެސްޓު ކުރި 4،742 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 133 މީހުން ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުން 117 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން 4 މީހުންނާއި، ރޮސޯޓްތަކުން ޕޮޒިޓިވްވި 12 މީހުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

މިއާއިއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 19،479 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު 2،410 ގައި އުޅޭއިރު އޭގެތެރެއިން 162 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލް ތަކުގައެވެ. 

މިހާތަނަށް 17،002 މީހުން ބަލިން ރަނގަޅު ވީއިރު، 60 މީހުން ވަނީ ކޮވިޑް ޖެހުން މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް