ads
ގެއްލުނު ފަތުރުވެރިޔާ--
ފަތުރުވެރިޔާ ރަހީނު ކުރި ކަމުގެ ހެއްކެއް ފެންނާކަށް ނެތް: ފުލުހުން
ރ. އަތޮޅު އިންޓަކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިނަށް ގޮސް އުޅެނިކޮށް މިމަހުގެ 13 ވަނަ ދުވަހު ގެއްލުނު އަންހެން ފަތުރުވެރިޔާ ރަހީނު ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް މިހާރު ލިބިފައި ހުރި ހެކިތަކުން އެނގިފައިވަނީ އަންހެން މީހާ މޫދަށް ފޭބި ކަންކަމަށެވެ.

މީގެ އިތުރުން އަންހެން މީހާ ރަހީނުކުރި ނުވަތަ ވަގަށް ނެގި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ. 

މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އަންނަނީ ކެނެޑާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއެޑުރެ ވަސްކައިޓް އެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފުން ވަނީ ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް ބަލާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ފަތުރުވެރިޔާގެ ހިލަމެެއް ނުވެ އެވެ.

މި އަންހެން މީހާ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވަނީ އޭނާގެ ފިރިމީހާ އާއެކު އެވެ. އަދި ރާއްޖެ އައިއިރު އަންހެންމީހާގެ ބަނޑަށް އަށްމަސް ކަމަށް އޭނާގެ ފިރިމީހާ ބުނެފައިވެއެވެ. 

ބޭރުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މި އަންހެން މީހާގެ ފިރިމީހާ، ޕަރްމަރް ގުރުޝަރަންޖިތު ސިންގް ވަނީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކުން އޭނާގެ އަންހެނުން ގެއްލުނު މައްސަލައިގައި އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ އަންހެނުން ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި، އަންހެނުން ގެނބުނީ ކަމެއް ރަހީނުކުރީ ކަމެއް އަދި ބަޔަކު އޭނާއަށް ގެއްލުމެއް ދިނީކަމެއް ވެސް ނޭނގޭ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން އަންހެން މީހާ ފެތުނު ކަމަށް ގަބޫލުކުރަން ދެކޮޅުހަދާ އަންހެން މީހާ ރަހީނުކުރީ ކަމަށް އެ އާއިލާއިން ތުހުމަތު ކޮށްފައިވެއެވެ. އަދި އެކަހަލަ ކަންކަމަކީ ރާއްޖޭގައި "އާންމު" ކަމެއް ކަމަށް އާއިލާއިން ތުހުމަތު ކޮށްފައި ވެއެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ގުޅިގެން މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ވަނީ މި މައްސަލައަކީ "އޯޕަން ކޭސް އެއް" ކަމަށް ބުނެފައެވެ. އަދި ތަހުގީގުތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް