ads
އައްޑޫ ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދް އަދި އައްޑޫ ޕްލައިން ސްކޫލް
ބައެއް ދަރިވަރުންގެ ކިޔެވުން ލަސްވަނީ ޕާފޯމަންސް ދަށްވީމަ: ޖީއެމް
އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ދަރިވަރުންގެ ބޮޑު ޕަސެންޓެއް ނުނިމި ލަސްވެފައިވަނީ އެކުދިންގެ އަމިއްލަ ޕާފޯމަންސް ދަށްވެފައިވާތީ ކަމަށް ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފްލައިން ސްކޫލުގެ ޖީއެމް މުހައްމަދު ފަޒީލް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލައިން ސުކޫލް ދަރިވަރުންގެ މައްސަލަތަކެއް މިފަހަކަށް އައިސް ފެންމަތިވެފައިވާތީ އެ މައްސަލަ ބެލިބެލުމުން އެނގިންދިޔައީ ސުކޫލް ދަރިވަރުންގެ ބޮޑު ޕަސެންޓެއް ނުނިމި ލަސްވެފައިވަނީ އެކުދިންގެ އަމިއްލަ ޕާފޯމަންސް ދަށްވެފައިވާތީ ކަމަށާއި އަދި ސްކޫލުގެ ސަބަބުން ވެސް ބައެއް ދަރިވަރުންގެ ކިޔެވުން ލަސްވެފައިވާ ކަމަށް ފަޒީލް ވިދާޅުވި އެވެ. 

ނަމަވެސް އިމްތިހާނުތައް ނިމި ފްލައިން ނުނިމި ލަސްވެފައި ވާ މަދު ދަރިވަރުންތަކުގެ ފްލައިން މިހާރުކުރި އަށް ދާ ކަމަށާއި އަދި ވަރަށް އަވަހަށް އެދަރިވަރުން ނިމޭނެ ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ.

އޭގެ އިތުރުން ފަޒީލް ވިދާޅުވީ އިމްތިިހާންތައް ނުނިމި ލަސްވެފައިވާ ދަރިވަރުން މިވަގުތު އިމްތިހާން ހަދަން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެދަރިވަރުންގެ ކިޔެވުމުގެ ސިލަބަސް ދާދިފަހުން ބަދަލުވެފައިވާތީ އެކުދިންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ބީއެމްއެލް އިން އެއްވެސް ނޯޓިސް އެއް ނުދީ ޑޮލަރު މާރުކޮށް ދިނުން ހުއްޓުވާލާފައި ވުމާއެކު ބައެއް އެއާ ކުރާފްޓްތަކުގެ ސްޕެއާ އޯޑަރުކޮށް ޕޭމެންޓް ނުހެދިގެން ސްޕެއާ ލިބުން ލަސްވެފައިވާކަން ވެސް ފަޒީލް ފާހަގަކުރެއްވި އެވެ. އަދި އެކަން ވެސް މިހާރު ވަނީ އަމިއްލަ ގޮތުން ހައްލުތަކެއް ގެނެސްފައި ކަމަށާއި ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށްވެސް ގެނެސް އެކަން ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުވުމުން ފުލައިޓުތައްވެސް އިތުރު ވެގެންދާނެ ކަމަށް ވެސް ފަޒީލު ހާމަކުރެއްވި އެވެ.

އޭގެ އިތުރުން ފަޒީލު ވިދާޅުވީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމުގެ ޕާފޯމަންސް ރަނގަޅަށްދާ ދަރިވަރުގެ ކިޔެވުން ނިމި މިހާރު ވަޒީފާތަކުގައި އުޅެމުން ދާކަމަށެވެ. އެގޮތުން މިހާތަނަށް 563 ދަރިވަރަކު އެ ސްކޫލުން ކިޔަވާ ނިމިފައިވާ ކަމަށް ވެސް ފަޒީލް ހާމަކުރެއްވި އެވެ.

ކޮވިޑްގެ ސަބަބުން މިމަހު ނުވައެއްގައި ފްލައިން ސްކޫލު ބަންދުކުރި ނަމަވެސް މިއަދު އަލުން ސްކޫލު ހުޅުވާ ދަރިވަރުންގެ ކިޔެވުން ފަށާފައިވާ ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ.

2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް