ads
ކުނޑަފަރި ނަރުދަމާގެ މަސައްކަތް
15 ރަށެއްގެ ފެނާއި ނަރުދަަމާ ނިޒާމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ

މި ފަަނަރަ ރަށުގެ ފެނާއި ނަރުދަމާ ގާއުމުކުރުމުގެ މަޝްރޫއުގެ ޖުމުލަ އަގަކީ 407 މިލިއަން ރުފިޔާ އެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރާގޮތަށް ނިންމާފައިވާ މި މަޝްރޫއުގެ ވަކިވަކި ރަށްތައް ހަވާލުކޮށްފައިވަނީ ފަސް ކުންފުންޏަކާ އެވެ.

އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި، މައިކްރޯން ޕްރައިވެޓް ލިމިޓެޑް އާއި، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ސާސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރާ ރަށްތަަކުގެ ތެރެއިން ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާ ރަށްތަކަކީ:

  • އއ. ބޮޑުފޮޅަދޫ
  • ގދ. ރަތަފަންދޫ
  • ތ. އޮމަދޫ
  • ހއ. އުތީމް
  • ހދ. ނައިވާދޫ
  • މާއެނބޫދޫ

މައިކްރޯން ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާ ރަށްތަކަކީ:

  • ފ. ފީއަލީ 
  • ރ. ރަސްމާދޫ
  • ތ. ބުރުނި

އަލްޓެކް މޯލްޑިވްސް  ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާ ރަށްތަކަކީ: 

  • ދ. ރިނބިދޫ
  • ތ. ވޭމަންޑޫ

މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާ ރަށްތަކަކީ: 

  • ގއ. ކޮނޑޭ
  • ރ. މާކުރަތު

ސާސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާ ރަށްތަކަކީ: 

  • ދ. ހުޅުދެލި
  • ލ. ދަނބިދޫ

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތަކުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ
ސާވޭކުރުމާއި، އީއައިއޭ މަސައްކަތް ކުރުމާއި ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން އަދި
އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް