ads
އެކްސިޑެންޓް ހިނގި ސަރަހައްދު--
ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މަރުވެއްޖެ
ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާ ވެސް މަރުވެއްޖެ އެވެ.

މިކަން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދީފަ އެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުރަތަމަ ޒުވާނާ މަރުވެފައިވާކަން 16:56 ގައި ހޮސްޕިޓަލުން ވަނީ އަންގާފަ އެވެ. އަދި ދެވަނަ ޒުވާނާ މަރުވެފައިވާކަން ވަނީ 17:04 ގަ އެވެ. 

ފުވައްމުލައް ފުނާޑު އަވަށުގެ ނައިބު ތުއްތު މަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ 4:40 ހާއިރެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާ، ގަހެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި ދެ ޒުވާނަކަށް އަނިޔާވި އެވެ. 

އެމީހުންނަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބުން ކަމަށް ވިދާޅުވި ނަމަވެސް އޮފިޝަލް އެ ދެ ޒުވާނުންނަށް ލިބުނު އަނިޔާގެ ތަފްސީލް ހިއްސާއެއް ނުކުރައްވަ އެވެ.

އެކްސިޑެންޓް ހިނގިތާ މާގިނަ އިރުތަކެއް ނުވެ އެތަނުން އެކަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އަނެއް ޒުވާނާ ކާރުގެ ތެރޭގައި ތާށިވެފައިވަނިކޮށް ސަލާމާތްކޮށް ހޮސްޕިޓަލަށް ގެންދެވުނީ އެކްސިޑެންޓް ހިނގިތާ ގާތްގަނޑަކަށް 20 މިނެޓް ފަހުންނެވެ.

އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ކާރު އެކްސިޑެންޓްވެފައިވަނީ ގަހެއްގައި ޖެހި އެވެ. އަދި މުޅި ކާރުގެ ކުރީކޮޅު އޮތީ އެކީ ފުނޑުވެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް