ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މިއާއެކު ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 62 އަށް އަރާފަ އެވެ.

އިއްޔެ ވެސް ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވި އެވެ.

ފާއިތުވި ޑިސެމްބަރު މަހަށް ވުރެ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ މަރުތައް އިތުރުވެފައިވާކަން އެޗްޕީއޭ އިން ހަމަކުރެ އެވެ. އެގޮތުން މިއަދު މަރުވި މީހާއާއެކު މިމަހު އެކަނި ވެސް ދިހަ މީހަކު މިވަނީ މަރުވެފަ އެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 19،597 ގައި އުޅޭއިރު ބަލިން 17137 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2397 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް