ads
ހުޅުމާލެ ޖަލުން ފިލި ބިދޭސީ މީހާ ---
ހުޅުމާލެ ޖަލުންފިލި މީހާ ހޯދާ، ކަރެކްޝަންގެ ބެލުމުގެ ދަށަށް!
މިމަހު 10 ވަނަ ދުވަހު ހުޅުމާލެ ޖަލުން ފިލި ބިދޭސީ މީހާ ހޯދާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވާ އަސަނާ ހޯދާ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެނައީ އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެންކަމަށެވެ. 

އެގޮތުން މިކަމުގައި ފުލުހުންގެ އެހީތެރިކަން ލިބުނު ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެމީހާ ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. 

އުމުރުން 32 އަހަރުގެ އަސަނާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ، އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން އޭނާ ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުއްޓަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް