ads
މެންބަރު ވިސާމް ނައިބުރައީސް ފައިސަލްއާއެކު ސައިކަލު ބުރެއް ޖައްސަވަނީ: ފޮޓޯ ޓުވިޓާ
ޖުމްހޫރީ ޕާޓީގެ އިތުބާރު ވެސް މަލީހަކަށް ނެތް: ވިސާމް
ޖުމްހޫރީ ޕާޓީގެ އިތުބާރު ވެސް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު އަށް ނެތްކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެވެ.

މަލީހު އަކީ ޖުމްހޫރީ ޕާޓީގެ ސުލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި ބޭފުޅެވެ. ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވަނީ މަލީހު މަގާމުން ދުރުކުރުމަށެވެ.

ވިސާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބެވި ނަމަވެސް، އެ މެންބަރުން މަލީހުގެ ދިފާއުގައި ވާހަކަ ދައްކަވާ މަންޒަރު ނުފެންނަކަމަށެވެ. 

"މީގެން އެގެނެނީ ޖުމްހޫރީ ޕާޓީގެ އިތުބާރުވެސް މަލީހުއަށް ނެތްކަން. މިއުޅެނީ މިނިސްޓަރު މަލީހު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވައިގެން އެކަން ހަޖަމުނުރެވިގެންނެއް ނޫން، މިނިސްޓަރު މަލީހާ ޒާތީ ވެގެންނެއް ވެސް ނޫން. " - ވިސާމް-

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ހިމެނޭ ވިސާމް ވިދާޅުވީ ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ މިނިވަން ކުރުމަށް ކުރީގެ ނައިބުރައީސް ޑރ. އަހުމަދު ޖަމީލާއެކު ސިޔާސީ ހަރަކާތް ހިންގަން ސަރުކާރުން ފުރުސަތު ނުދޭނެކަމަށެވެ. 

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، މަލީހް މަޖިލީހަށް ހާޒިރުކުރެއްވުމުން ވިދާޅުވީ ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުން ހުރަސްއަޅާ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ. 

"އެހެންވީމަ ތަކުރާރުކޮށް މި ވިދާޅުވަނީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަން،" - މަލީހް-
މިނިސްޓަރު ވިދާޅުވީ އޭނާ މިއަދު މަޖިލީހަށް ހާޒިރުވީ، ވަޒީފާ ދިފާއުކުރައްވަން ނޫން ކަމަށާއި އޭގެ ބަދަލުގައި މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ. މި މައްސަލައަކީ އެއްވެސް އަސާސެއް ނެތް، މަކަރާއި ހީލަތުން ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް މަޖިލީހުގެ މެމްބަރުންތަކެއް ހުށަހަޅާފައިވާ "ޒާތީ" މައްސަލެއް ކަމަށް މަލީހު ތުހުމަތު ކުރައްވައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް