ads
މަލީހް ޑރ ޖަމީލް އަދި އަމީން: -
ރައީސް ޔާމިން މިނިވަންކުރަން މަލީހު މަސައްކަތްކުރާކަމުގެ ތުހުމަތު!
މަނީލޯންޑަރިންގެ ތުހުމަތު ސާބިތުވެފައިވެ ފައްސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަންކުރަން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު މަސައްކަތް ކުރާކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ، މަލީހު ވަކިކުރަނީ "ޒާތީ" ވެގެން ކަމަށް ނުތަތަ ޕްރޮގްރާމެއްގައި ދެއްކެކެވި ވާހަކަތަކެއް "ހަޖަމް" ނުވެގެން ކަމަށް ވިދާޅުވެ މަލީހު ކުރައްވާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ނުތުހުމަތު ތަކެއް ކަމަށެވެ. 

ނަމަވެސް ސަރުކާރު ކޯލިޝަނުގައި މަސައްކަތް ކުރައްވަމުން ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލާއެކު ރައީސް ޔާމިން މިނިވަންކުރަން މަަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. 

"މިއުޅޭނީ ޒާތީ ކަމެއް ކުރާކަށް ނޫން. ނަމަވެސް މި ފުރުސުތެއް ނުދެވޭނެ،" -ވިސާމް-

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، މަލީހް މަޖިލީހަށް ހާޒިރުކުރެއްވުމުން ވިދާޅުވީ ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުން ހުރަސްއަޅާ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ. 

"އެހެންވީމަ ތަކުރާރުކޮށް މި ވިދާޅުވަނީ ހަކުރާގޭ ފެންޑާގައި އެލުވިކަމުގައި ވިޔަސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަން،" - މަލީހް-
މިނިސްޓަރު ވިދާޅުވީ އޭނާ މިއަދު މަޖިލީހަށް ހާޒިރުވީ، ވަޒީފާ ދިފާއުކުރައްވަން ނޫން ކަމަށާއި އޭގެ ބަދަލުގައި މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ. މި މައްސަލައަކީ އެއްވެސް އަސާސެއް ނެތް، މަކަރާއި ހީލަތުން ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް މަޖިލީހުގެ މެމްބަރުންތަކެއް ހުށަހަޅާފައިވާ "ޒާތީ" މައްސަލެއް ކަމަށް މަލީހު ތުހުމަތު ކުރައްވައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް