ads
ކަރީނާ ތައިމޫރާ އެކު-
ވިހެއުމަށް ފަހު ކަރީނާގެ ފުރަތަމަ ފޮޓޯ މިއޮތީ!
ފިލްމީ ދުނިޔޭގަ މިދުވަސްކޮޅު އެންމެ ބޮޑަށް ދެކެވެނީ ކަރީނާ އަށް ދެވަނަ ދަރިއަކު ލިބުނު ވާހަކަ އެވެ. ނަމަވެސް ދަރިއެއް ލިބުނު ފަހުން ކަރީނާ އާ އަދި ދަރިފުޅާ ގުޅޭގޮތުންވެސް މީޑިއާތަކަށް މާ ބޮޑު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިފަހަރު ވެސް ކަރީނާ އަށް ފިރިހެން ދަރިއެއް ލިބުނުއިރު އެ ކުއްޖާގެ ނަން އަދި ފޮޓޯއެއް ވެސް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ކަރީނާ ވަނީ އޭނާގެ ސެލްފީ އެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔެފަވަނީ އެންމެން މަތިންވެސް ވަރަށް ހަނދާންވި ކަމަށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކަރީނާއަށް ދަރިއަކު ލިބިފައިވާއިރު ފޭނުން ތިބީ އޭނާގެ ދެވަނަ ދަރިއަށް ކިޔާ ނަމާ އަދި އެކުއްޖާގެ ފޮޓޯ ދެކިލާ ހިތުން ކެތް މަދުވަފަ އެވެ. 

your imageކަރީނާ ވިހެއުމަށް ފަހު އިންސްޓަގްރާމްގަ ޕޯސްޓް ކުރި ފޮޓޯ-

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް