ads
ބަންގްލަދޭޝްގެ ސިއްހީ އެހީތެރިން ހަރަކާތްތެރިވަނީ-
ކޮވިޑް ދިފާއު ކެމްޕެއިނާއި ގުޅެން ބަގްލަދޭޝްގެ ޓީމެއް ރާއްޖެ އަންނަނީ!
"ކޮވިޑް-19 ދިފާއު" ކެމްޕެއިންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސިއްހީ އެހީތެރިންގެ ޓީމެއް މިއަދުގެ ވަގުތެއްގަ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ، އެ ޓީމު މާދަމާ ރާއްޖެ އަންނަން ހަމަޖެހިފައިވަނީ ވެކްސިން ޖެހުމުގެ ކަންތަކުގައި އެހީތެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދުމުގެ މަތީން ކަމަށެވެ. އެގޮތުން ބަގްލަދޭޝްގެ ސިއްހީ އެހީތެރިންގެ 23 މީހަކު މިއަދު ރާއްޖެ އަންނަގޮތަށް ވަނީ ހަމަޖެހިފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި އެދުން ބަގްލަދޭޝް ސަރުކާރަށް ހުށަަހަޅުއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަގްލަދޭޝްގެ ޑާކާއަށް މިމަހުގެ 10 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ދައުވަތު ގަބޫލްކޮށް ބަގްލަދޭޝްގެ ސަރުކާރުން މިއަދު ފޮނުވާ ޓީމުގައި، 11 ނަރުހުންނާއި، 10 ސިއްހީ އެހީތެރިންގެ އިތުރުން އެނެސްތިއުލަޖިސްޓް އަކުވެސް ހިމެނެއެވެ. 

މި މެޑިކަލް ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ އިސްބޭފުޅުންނާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ދެ މަސް ތެރޭ މާލޭ ސިޓީއާއި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ފެންނަމުންދާ ކުރިއެރުން ބަލަމުންދާނެއެވެ. މި ޓީމުގެ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ވެކްސިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ހިމެނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިންދޭން ފަށާފައިވަނީ ނިިމިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އާންމުކުރި އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުން މިއަދު ވެކްސިންޖެހި މީހުންގެ އަދަދު އުޅެނީ 2،105 ގައެވެ. މިއީ ކުރިއާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. މީގެ ކުރިން މާލޭ ސަރަަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދު އުޅުނީ 4000 އާއި 5000 ހާއި ދެެމެދުގައެވެ. 

މިފަހަކުން އައިސް މާލެ ސަަރަހައްދުން ވެކްސިންޖަހާ މީހުންގެ އަދަދުތަށް ބޮޑުތަނުން ދަށްވަމުންދާއިރު، އަތޮޅުތަކުން ވެކްސިން ޖަހާ މީހުންގެ އަދަދުތައް ގިނަކަން ފާހަަގަކުރެވެއެވެ. އެގޮތުން މީގެ ކުރިން 1000 އާއި 2000 ގައި އުޅުނު އަދަދުތައް މިހާރުވަނީ 4000އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި އަތޮޅުތެރޭގެ ރަށްތަކުން 4،445 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

މިއަދު މުޅި ޖުމުލަ ރާއްޖެއިން ވެކްސިން ޖަހާފައިވަނީ، 6،550 މީހުންނެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 123،665 އަށް އަރާފަ އެވެ. އޭގެ ތެރެއިން 79،356 ވެކްސިން ޑޯޒު މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދީފައިވާއިރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން ވަނީ 44،309 ވެކްސިން ޑޯޒު އާއްމުންނަށް ފޯރުކޮށްދީފައެވެ. 

މާލޭ ސަރަހައްދުގައި މާދަމާއިން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް ވެކްސިން ޖެހުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް