ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
އޭލެވެލް އިމްތިހާނު މިއަހަރު އޮންނާނެ: އެޑިއުކޭޝަން
މެއި ޖޫންގައި އޭލެވެލް އިމްތިހާނު މިއަހަރު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މެއި ޖޫންގައި ބާއްވަން ހަމަޖެހިފައިވާ އޭއެލް އަދި އެޑެކްސަލް އިންތިހާނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެޑިޔުކޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިހާރު ހަމަ ޖެހިފައިވާ ގޮތުން ރާއްޖޭގައި ކިޔަވަމުންދާ ހުރިހާ ކުދިން މެއިޖޫންގައި އޭލެވެލް އަދި އޭއެސް އެގްޒާމްގައި ބައިވެރިވާނެއެވެ. 

"ހުރިހާ ކުދިން މެއިޖޫންގައި އޭލެވެލް އަދި އޭއެސް އެގްޒާމްގައި ބައިވެރިވާނެ،"އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ

އެކުދިންގެ އިމްތިހާން ކަރުދާސްތައް ވެސް އެޑެކްސެލްއިން މާކްކުރާނެ ކަމަށާއި ސެޓްފިކެޓްތައް ވެސް ދޭނީ އެޑެކްސެލްއިން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. ކުދިންގެ ނަތީޖާ މިހާރު ހަމަޖެހިފައިވާގޮތުން ލިބިގެން ދާނީ އޮގަސްޓު މަހުގެ 10ވަނަ ދުވަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ތިނެއް ފެބްރުއަރީގައި އެޑެކްސެލްއިން އޭއެސް އަދި އޭއެލް އެކްގްޒާމް ނޯންނާނެ ކަމަށް އިއުލާނުކޮށްފައިވާނެ ކަމަށެވެ.

 އެހެން ނަމަވެސް އެއެސްމެންޓު އެހެން ގޮތަކަށް ކުރިއަށް ދާނެ ކަމަށް އެޑެކްސެލްއިން އިއުލާނުކޮށްފައިވާނެ ކަމަށެވެ.

"އެކަމާގުޅިގެން އެޑިޔުކޭޝަނުން ވެސް ވާނީ އެޑެކްސެލްގެ ނިންމުން ދަރިވަރުން އަދި ބެލެނިވެރިންނަށް ވެސް އަންގާފަ. ނަމަވެސް ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަނުން އަންގާފައިވާނެ ކަމަށާއި ކުދިން އިމްތިހާނަށް ތައްޔާރުކުރުމުގެ މަސައްކަތްވެސް މެދުކެޑުމެއްނެތި ކުރިއަށްގެން ދިޔުމަށް ސްކޫލުތަކައް އަންގާފަވާނެ،"އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު

ކުދިންގެ އޭލެވެވް އިމްތިހާނުތަކާ ގުޅޭގޮތުން އެޑެކްސެލްއާއެކީ މިނިސްޓްރީން ވަނީ އެދުވަހުން ފެށިގެން ވާހަކަތައް ފަށާފައި ކަމަށާއި އެއީ އެޑެކްސެލްއިން ކަނޑައަޅާފައިވާ ޓީޗާ ބޭސް އެސިސްމެންޓެއް ރާއްޖޭގެ ސްކޫލުތަކުގައި ބާއްވައިގެން އެވަރުގެ ބޮޑު އިމްތިހާނެއް ބޭއްވޭނެ ކަމަށް އެޑިޔުކޭޝަނުން ގަބޫލު ނުކުރައްވާތީ ކަމަށް ވެސް އިހްސާން ހާމަކުރެއްވި އެވެ.

އެޑިޔުކޭޝަނުން ވަނީ ކުދިންނަށް ކުރިން ވެސް އެގްޒާމް ގެންދާ ގޮތަށް ރާއްޖޭގައި އިމްތިހާނު ބޭއްވުމަށް އެޑެކްސެލްއާ މަޝްވަރާ ކުރައްވާފައި ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެޑެކްޝެލްއާ އެކުގައި ފަސް ބައްދަލުވެއް ބޭއްވިއެވެ. 

"އެމަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިވަގުތު ރާއްޖެގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ލިބިގެން ދިއުން،" -އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް