ads
ޕްރިންސް ހެރީ އަދި މޭގަން:
މޭގަން ޝާހީ އާއިލާގެ ނޯކަރުން ބުލީ ކުރި މައްސަލަ ތަހުގީގު ކުރަން ފަށައިފި
އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ ގެ އަނބި ކަނބަލުން އިނގިރޭސި ޝާހީ އާއިލާގެ ޑަޗަސް އޮފް ސަސެކްސް މޭގަން މާކަލް ޝާހީ ގަނޑުވަރުގެ ނޯކަރުން ބުލީ ކުރިކަމަށް ކޮށްފައިވާ ތުހުމަތުތައް ތަހުގީގު ކުރަން ފަށާފައިވާކަމަށް އިނގިރޭސި ޝާހީ ގަނޑު ބަކިމްހަމް ޕެލެސްއިން މިއަދު ބުނެފިއެވެ.

މި ތުހުމަތު ތަކަކީ މޭގަންގެ މައްޗަށް 2018 ވަނަ އަހަރު އުފުލާފައިވާ ތުހުމަތުތަކެވެ. އަދި މި ތުހުމަތުތަކަކީ އިނގިރޭސި ވިލާތުގެ މީޑިއާގައި ވެސް އެ ދުވަސްވަރު ފެންމަތި ކުރި ތުހުމަތުތަކެކެވެ. 

ނަމަވެސް ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ކޯޅުންތަކެއްގެ ސަަބަބުން މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާ ދޫކުރައްވާ ކެނެޑާއަށް ވަޑައިގެންފައެވެ. 

ދެމަފިރިން ވަނީ ޝާހީ އާއިލާގެ ލަގަބުތައް ވެސް ބޭނުން ނުވާކަމަށް ބުނެ އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. 

މޭގަން އާއި ހެރީ ވަނީ ޝާހީ އާއިލާއާމެދު ކަންބޮޑުވުން ފާޅުކޮށްފަ: 

މޭގަން އާއި ފިރިކަލުން ޕްރިންސް ހެރީ ދާދި ފަހުން ވަނީ އޯޕްރާއަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގެ އިޝްތިހާރު މިހާރު ދަނީ ސީބީއެސްއިން ދައްކަމުންނެވެ.

ސީބީއެސްއިން އާއްމުކުރި ޓީޒާ ޓްރެއިލާގައި ޝާހީ އާއިލާއާ ގުޅޭ ވާހަކަތަކެއް މޭގަން ދައްކަވާ މަންޒަރު ފެނެ އެވެ.

ޝާހީ އާއިލާގެ ފަރާތުން މި ތުހުމަތުތައް ތަހުގީގު ކުރާނެކަމަށް ބުނެފައިވަނީ މި އިންޓަވިއުއަށްފަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް