ads
މާލޭގައި ސާމްޕަލް ނަގަނީ--
މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 167 މީހުން
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 167 މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 135 މީހެކެވެ. މީގެ އިތުރުން ރިސޯޓުތަކުން 15 މީހަކު އަދި އަތޮޅުތަކުން 17 މީހަކު ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

މިއާއެކު ރާއްޖޭގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،664 ގައެވެ. އަދި ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 180 މީހަކަށެވެ. ފާއިތުވި 24 ގަނޑިއިރުގެ ތެރޭގައި 4،089 ސާމްޕަލް ނެގިފައިވާއިރު މިހާތަނަށް ރާއްޖެއިން ވަނީ 541،164 ސާމްޕަލް ބައްޔަށް ޓެސްޓް ކުރެވިފައެވެ. މީގެ ތެރޭގައި ރިޕީޓެޑް ސާމްޕަލްވެސް ހިމެނެއެވެ. 

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 20،447 މީހުންނެވެ. އަދި މީގެ ތެރެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައިވަނީ 17،712 މީހެކެވެ.

ކޮވިޑް ބަލީގާއި ރާއްޖެއިން މިއަދުވެސް މީހަކު މަރުވެފައިވާިއރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 64 އަރާފައެވެ.

މިއަދު ރާއްޖެއިން 167 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 136 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް