ads
ސައިފް އަލީ ހާން
ވެކްސިން ޖެހުމުން ސައިފަށް ފާޑުކިޔަނީ
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ސައިފު އަލީ ހާން އަށް ވަނީ އަނެއްކާވެސް މީހުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ފަހަރު މި ފާޑުކިޔުންތައް ކުރިމަތިވީ ކޮވިޑް-19 ގެ ވެކްސިން ޖެހުމުންނެވެ.

އެގޮތުން އިއްޔެ ސައިފް ބީކޭސީ ކޮވިޑް ވެކްސިނޭޝަން ސެންޓަރަށް ޒިޔާރަތް ކުރި ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ބެލެވޭ ގޮތުގައި އޭނާ އެތަނަށް ދިޔައީ ކޮވިޑް-19 ގެ ވެކްސިން ޖެހުމަށެވެ.

އެ ވީޑިއޯ އާންމުވުމާ އެކު އެކަމާ ރުޅި އައިސްގެން ސައިފަށް ފާޑުކިޔުން ކުރިމަތިކޮށްފައި ވަނީ ހައި ރިސްކު ގުރޫޕުގައި ހިމެނޭ މީހަކަށް ނުވާތީ އެވެ. ހައި ރިސްކް މީހުން ވެކްސިން ނުޖަހާ ތިއްބާ ސައިފަށް ވެކްސިން ދިނުން ހައްގު ނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އަދި މީގެ އިތުރުން ވެސް ސައިފް މާސްކު އަޅައިގެން ހުރި ގޮތާ މެދުވެސް ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. އެގޮތުން ސައިފްގެ އަގަޔާއި ނޭފަތް ފޮރުވާފައި ވަނީ ފޮތިގަނޑަކުން ކަމަށާއި އެއީ އަސްލު މާސްކެއް ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ދަނީ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް