ads
މީހަކު ސެލްފީ ނަގަނީ--
އެންމެ ފަހުގެ ޓްރެންޑް: ފިލްޓާއެއް ބޭނުމެއް ނުވޭ!
މަލުގެ ތާޖާއި ދޫ ނެރިގެން ހުންނަ ކުއްތާ ފަދަ އެތައް ސޯޝަލް މީޑިއާ ފިލްޓާތަކެއް މިހާތަނަށް އައިއިރު މަގްބޫލުވެގެން ހިނގައްޖެ އެވެ. އެކަމަކު މިހާރު އެންމެ ހިނގާ "ޓްރެންޑިން" ކަމަކީ "ނޯ ފިލްޓާ" ނުވަތަ ފިލްޓާ ބޭނުން ކުރުމެއް ނެތި ފޮޓޯ ޕޯސްޓު ކުރުމެވެ.

މި ޓްރެންޑުގައި ބޭނުން ކުރަނީ އިންސްޓަގްރާމުގައި ލިބެން ހުންނަ "ފިލްޓާ ވާސަސް ރިއެލިޓީ" އިފެކްޓެވެ. މި އިފެކްޓުން ސްކްރީން ދެ ފަޅިވެ އެވެ. އެއް ފަޅިން ފެންނާނީ އެ މީހަކު ގުދުރަތީ ގޮތުން ހުންނަ ސިފަ އެވެ. އަނެއް ފަޅިން ފެންނާނީ ހަމުގެ ކުލަ ދޮންކޮށް، އޮމާންކޮށް، ތުންފަތާއި ލޮލުގެ ކުލަތައް ބަދަލުވެފައި ހުއްޓަ އެވެ. 

މި ޓްރެންޑުގެ ތެރެއިން މީހުން ޕޯސްޓު ކުރާ ގިނަ ވީޑިއޯތަކުގައި ގިނައިން ހުންނަނީ އެލެސިއާ ކާރާ 2015 ވަނަ އަހަރު ނެރުނު ހިޓު ލަވަ "ސްކާޒް ޓު ޔޯ ބިޔުޓިފުލް" އެވެ. 

މި ޓްރެންޑުގައި ބައިވެރިވޭ މީހުން ދަނީ އަސްލު ސިފަ ބަލައިގަތުމަށާއި މީހެއްގެ ސިފައިގައި ހުންނަ އުނިކަމެއް ފޮރުވަން ނުޖެހޭނެ ކަމަށް ޕޯސްޓުތައް މެދުވެރިކޮށް ބުނަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް