ads
އިޔާޒް އަދި ޖަމީލް
އިލްމުވެރިންނަށް ފިޔަވަޅު އެޅުން، ލާދީނީ ފިކުރު ފެތުރުމުގެ ފުރުސަތު ބޮޑު: ޑރ ޖަމީލް
އިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒްގެ ދިފާއުގައި ތެދުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ލެކްޗަރާގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސަސްޕެންޑު ކުރުމާއި ގުޅިގެން، އޭނާއަށް ހިއްވަރު ދެއްވައި ކުރެއްވި ޓްވީޓެއްގައި ޖަމީލް ވިދާޅުވީ، އެމްއެންޔޫގެ ފިޔަވަކީ ސިޔާސީ ތައައްސުބުން ފުރިގެންވާ ފިޔަވަޅެއް ކަމަށެވެ. 

ޑރ. ޖަމީލް ވިދާޅުވީ، ކިތަންމެ ހިޔާލުތަފާތުވިޔަސް ޑރ. އިޔާޒް އަކީ އިސްލާމްދީނުގެ އިލްމު ފަތުރަން ބުރަކޮށް މަސައްކަތްކުރައްވާ އިލްމުވެރިއެއް ކަމަށާއި، އިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. 

ޑރ. ޑީޑީގެ އިތުރުން ގިނަ ދީނީ އިލްމުވެރިންތަކެއް ވެސް އަންނަނީ ޑރ. އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އަދި ބައެއް ސިޔާސީ ބޭފުޅުން ވެސް ޑރ. އިޔާޒްގެ ދިފާއުގައި ވާހަކަ ދައްކަވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް