ads
ފޮޓޯ: ރައީސް އޮފީސް
ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް، ބ. ތުޅާދޫ، ހޭޒުލީން، މުހައްމަދު ފަޒީން އައްޔަންކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރައްވައިފި އެވެ.

ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ، ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގަ އެވެ.

އަދި 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއާ ވީޑިއޯ ޖާނަލިސްޓްގެ މަގާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީން ބޯޑްކޮމްގެ މެންބަރު ކަމަށް ހޮވަން ފެންނަކަމަށް ނިންމީ މި މަހުގެ ދެވަނަ ދުވަހު އޮތް ޖަލްސާގައި، ހާޒިރުވެ ތިބި 58 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް