ads
ރައީސް ސޯލިހް--
މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތިދޫކުރުމުގެ މަޝްރޫއެއް ފަށާނަން: ރައީސް
މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތިދޫކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ، މިއަހަރު ތެރޭގައި 5000 ހައުސިން ޔުނިޓް އަޅަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ބެހޭ ގޮތުން ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ވައުދުވެފައިވާނެ ކަމަށާއި، އޭގެތެރެއިން 5000 ޔުނިޓް މިއަހަރު ތެރޭ އަޅަން މި ފަށަނީ ކަމަށެވެ. އަދި ބާކީ އޮތް 5000 ޔުނިޓް މިއަންނަ އަހަރުތެރޭގައި އަޅަން ފެށޭނެ ކަމަށެވެ. 

އޭގެ އިތުރުން އިތުރު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަަން ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މަޝްރޫއުގެ ތެރެއިން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތިދޫކުރެވިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއުއާއި ބެހޭ އިތުރު ތަފްސީލެއް ރައީސް ސޯލިހް ނުދެއްވައެެވެ. ރައީސް ވިދާޅުވީ، އެ ތަފްސީލްތައް އަންނަ އެޕްރީލްމަހުގެ މެދުތެރޭ ހާމަކުރައްވާނެ ކަމަށެވެ. 

މާލޭ ސަރަހައްދުގައި އެޅުމަށް ވައުދުވެފައިވާ 10،000 ޔުނިޓްގެ ބަދަލުގައި 15،000 ޔުނިޓް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށާއި މި މަަސައްކަތްތައް ނިމި އަންނަ އަހަރުތެރޭ ހަވާލުކުރެވޭ ވަރު ވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް