ads
ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް
މެންޗެސްޓާ ޑާބީ ޔުނައިޓެޑަށް
އިންގްލިޝް ޕްރިމިއާ ލީގުގައި އެއްވަނައިގަ އޮތް މެންޗެސްޓާ ސިޓީއާ، ދެވަނައިގަ އޮތް މެންޗެސްޓާ ޔުނައިޓެޑުގެ މެޗުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޔުނައިޓެޑު މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

ސިޓީގެ މައްޗަށް ޔުނައިޓެޑުން، ސިޓީގެ ދަނޑުގައި ހޯދި މި ކާމިޔާބީއާ އެކު، ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާއަށްވަނީ ނިމުމެއް އައިސްފައެވެ. ސިޓީ މި ބަލިވީ އެކާވީސް މެޗަށް ފަހުއެވެ. އަނެއްކޮޅުން މި މެޗުން މޮޅުވުމާއި އެކު ޔުނައިޓެޑުންވަނީ ރަށުން ބޭރުގައި ބަލިނުވެ ބާވީސް މެޗު ހަމަކޮށްފައެވެ.

އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ބުރޫނޯ ފެނާންޑޭސްއެވެ. މިއީ ޔުނައިޓެޑުގެ އެންތަނީ މާޝިއަލްއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖެހީ ޑިފެންޑަރު ލޫކް ޝޯއެވެ. މިއީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހި ލަނޑެކެވެ.

މި މެޗުގެ ނަތީޖާ އަކުން ޕޮއިންޓް ޓޭބަލްގެ ތަރުތީބަކަށް ބަދަލެއް ނާދެއެވެ. އެއްވަނައިގަ ސިޓީ އޮތީ އަށާވީސް ޕޮއިންޓުން ފަސްދޮޅަށް ފަސް ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑު ދެވަނައިގަ އޮތީ އަށާވީސް މެޗުން ފަންސާސް ހަތަރު ޕޮއިންޓާ އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް