ads
ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން
އަމިއްލައަށް މަރުވާނަމަވޭ ވެސް ހިތަށް އެރި: މޭގަން
އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު އަމިއްލައަށް މަރުވާނަމޭ ވެސް ހިތައް އެރިކަމަށް، ޕްރިސް ހެރީގެ އަނބި ކަނބަލުން މޭގަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސީބީއެސް ނިއުސް އަށް ރޭ ދެއްވި އިންޓަވިއުގައި މޭގަން ވިދާޅުވެފައިވަނީ، އޭނާއަށް އެފަދަ ވިސްނުންތަކެއް އައިސްގެން އެހީއަށް އެދިވަަޑައިގެންނެވިކަމަށެވެ. ނަމަވެސް އެ އެހީތެރިކަން ވެސް ނުލިބުނުކަމަށެވެ. 

"އަހަރެން އޭރު ދިރިހުންނާކަށް ބޭނުމެއްނުވި. އެއީ ވަރަށް ސާފުކަމެއް. އޭރު އޭނަ (ހެރީ) އެހީތެރިވިގޮތް،" -މޭގަން-

މޭގަންއާއި އޭނާ އަމިއްލަ ނަފްސަށް އަނިޔާކުރަން ބޭނުވިތޯ ވެސް ސުވާލުކުރުމުން އޭނާވަނީ އެކަމަށް ވެސް އެބަސްވެފައެވެ. 

ޝާހީ އާއިލާ ދޫކުރައްވައި ހެރީ އާއި މޭގަން ގެ ދެ ކަނބަލުން ވަޑައިގެންނެވީ ޝާހީ އާއިލާގެ ހުރިހާ ލަގަބެއް ވެސް ދޫކޮށްލާފައެވެ. އަދި އެއާއިލާގެ ރައުސްމާލުން ވެސް އެއްވެސް އެއްޗެއް ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. 

މިއީ އެމީހުން ޝާހީ ގަނޑުވަރުން ނުކުމެގެން ދިޔަ ފަހުން ދިން ފުރަތަމަ އިންޓަވިއުއެވެ. 

މި އިންޓަވިއުގައި މޭގަން ބުނެފައިވަނީ، އެނާ ބަނޑުބޮޑު ދުވަސްވަރު ވެސް ބަނޑުގައި އޮތް ދަރިފުޅަށް ވަލީ އަހުދު ކަން ދޭން ބޭނުންނުވާކަމަށް ޝާހީ އާއިލާއިން ބުނެފައިވާކަމަށެވެ. 

މޭގަން އާއި ހެރީ ވަނީ އެ އިންޓަވިގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް