ads
ޖާގައެއް ނެތް ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ
އަންހެނުންނަށް ނޭދެވޭ އަސަރުތައް ކުރިމަތިވާ މިންވަރު އިތުރުވެއްޖެ: ޖަމިއްޔާތައް
ކޯވިޑް-19 ގެ ސަބަބުން ހުރިހާ ދާއިރާއަކުން ވެސް އަންހެނުންނަށާއި އަންހެން ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެފައިވާކަމާއި، އަދި އެކަންކަން ކުރިމަތިވާ މިންވަރު ކުރިއަށްވުރެ އިތުރުވެފައިވާކަމަށް ޖަމިއްޔާތަކުން ބުނެފިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ހަތަރު ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ މޯލްޑިވްސް، ފެމިލީ ލީގަލް ކްލިނިކް، ހޯޕްފޯ ވިމެން އަދި އާކް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުރިއަށްވުރެ ބޮޑަށް އަންހެންނާއި އަންހެން ކުދިންނަށް ނޭދެވޭ އަސަރު ކުރާ މިންވަރު ބޮޑުވެފައިވާކަމަށެވެ. 

"އެފަދަ ހިދުމަތްތަކަށް ވާސިލުވުމަށް ވަނީ އިހުނަށްވުރެ ދަތިވެފަ. މީގެ އިތުރުން، ނުރަސްމީ މަސައްކަތްކުރާ އަންހެނުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓި، އޭގެ ސަބަބުން މާލީ އަދި އިގްތިސާދީ ދަތިކަން ކުރިމަތިވެ، އެފަދަ އަންހެނުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ހަރަދު ފޫބައްދަން ދަތިވެ ފަހަށް ރައްކާކުރެވޭނޭ މިންވަރު މިވަނީ މަދުވެފަ،"

ކޯވިޑް-19 ގެ ސަބަބުން ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލަންޖެހުމުންނާއި ޢުމުރުން ދުވަސްވީ މީހުން ހުށަހެޅިފައިވާ ނުރައްކަލުގެ ބޮޑުކަމުން، ގޭތެރޭގައި އަންހެނުން އަދާކުރަންޖެހޭ ޒިންމާތައް މިވަނީ އެތައްގުނައެއް އިތުރުވެފައެވެ.

your imageޖާގައެއް ނެތް ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ


ކޯވިޑް- 19 ގެ ސިއްހީ ބަލިމަޑުކަމުން ހާމަވި އެންމެ ބޮޑު ކަމަކީ، މިފަދަ ބަލިމަޑުކަމަކުން ކުރިމަތިވާ އިޖުތިމާއީ، އިގްތިސާދީ އަދި ސިއްހީ އަސަރުތަކަށް އެކަށީވެގެންވާ އިޖާބަ ދިނުމަށްޓަކައި ދިވެހިރާއްޖޭގެ ނިޒާމުތައް ތައްޔާރުވެފައި ނެތް ކަމާއި، އެ ނިޒާމުތަކުގައި ހުރި ބޮޑެތި މައްސަލަތަކެވެ. 

" ކޯވިޑް - 19 ގެ ބަލިމަޑުކަން ދިވެހިރާއްޖެއަށް ފެތުރުމުގެ ކުރިންވެސް، ވަސީލަތްތައް މަދު، އެކަށީގެންވާ މިންވަރަށް ފަންޑުކުރެވިފައި ނުވާ ނިޒާމުތަކެއްކަމުން، ކޯވިޑް- 19 އިން އަރައިގަތުމުގައި، ހަމަހަމަކަމާއެކު އެންމެން ބައިވެރިކުރެވޭ އަދި ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް އިސްކަންދިނުމަށް މި ޖަމްޢިއްޔާތަކުން ދިވެހިސަރުކާރަށް ގޮވާލަން،"

your imageޖާގައެއް ނެތް ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ


މިގޮތުން، 2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން، ކޯވިޑް-19 އިން އަރައިގަތުމުގައި އިހުނަށްވުރެ ހަރުދަނާކޮށް ޤައުމު އާރާސްތުކުރުމު 10 ކަމެއް ތަންފީޒުކުރުމަށް އެ ޖަމްޢިއްޔާތަކުން ސަރުކާރަށް ވަނީ ގޮވާލައިފިއެވެ.

1. އަދުލު އިންސާފަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުމުގެ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތްތަކަށް ހިމާޔަތް ދިނުން ހުއްޓާލުމަށާއި، މިފަދަ މައްސަލަތަކުގައި އެންމެ ކުރީ ސަފުގައި ޚިދުމަތް ދޭން ތިބޭފަރާތްތައް އަހުލުވެރިކުރުން؛


2. ހިންގުމުގެ ނިޒާމުތައް ކުރިއެރުވުމާއި، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުން؛


3. މަސައްކަތުގެ މާޙައުލާއި ޙާލަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މަސައްކަތުގެ މާޙައުލަކީ އެންމެނަށްވެސް ރައްކާތެރި އަދި މަސައްކަތްކުރާ މައިންނަށް އެކަށީގެންވާ މާޙައުލެއް ކަމުގައި ކަށަވަރުކުރުން؛


 4. ސްޓިމިއުލަސް ޕެކޭޖްތަކާއި އިޤްތިސާދީ ރިކަވަރީ ޕޮލިސީތަކަކީ، އިންސާފުވެރި އަދި ހަމަހަމަކަމާއެކު ވާސިލްވެވޭނެ، އަދި އެކަށީގެންވާ ގޮތެއްގައި އިޖާބަދެވޭ، އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވާ ސިޔާސަތުތަކެއް ކަމުގައި ކަށަވަރުކުރުން؛


5. ދެ ޖިންސުގެ މަޢުލޫމާތު ވަކިވަކިން އެއްކުރެވޭކަން ކަށަވަރުކޮށް، އެ މަޢުލޫމާތުގެ އަލީގައި ރިކަވަރީ ޕޮލިސީ ބައްޓަންކުރުމާއި، ޕޮލިސީ ތަންފީޒުކުރަމުންދާ ގޮތް އެކަށީގެންވާ ގޮތެއްގައި މޮނިޓަރކުރަމުން ގެންދިއުން؛


6. ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކަކީ ނަތީޖާ ނެރެވޭ، ބޭނުންތެރި އަދި އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވޭ ކަންކަން ކަމުގައި ހެދުމަށާއި ބަޖެޓުގެ ދަށުން ތަންފީޒުކުރާ ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދަނީ ޖަވާބުދާރީކުރުވޭނެ ހާމަކަންބޮޑު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކަ ރުކުރުމަށްޓަކައި ޖެންޑަރ ރެސްޕޮންސިވްކޮށް ދައުލަތުގެ ބަޖެޓު އެކުލަވާލުން؛


7. އިޖުތިމާއީ އެހީތެރިކަމަށް ވާސިލުވުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އިޖުތިމާއީ އެހީތެރިކަން ލިބޭނެ ގޮތް ފަހިކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުދިންނާއި އަންހެނުންގެ ކަންބޮޑުވުންތަކާ ވުންތަކާއި އެމީހުންގެ ބައިވެރިވުން ހޯދުން؛


8. ނުރަސްމީ މަސައްކަތްކުރާ އަންހެނުންނަކީ ވިލުންވެރި ބަޔަކަށް ހެދުމަށްޓަކައި، އެމީހުންގެ ބޭނުންތަކަށް ފެތޭނެ ސިޔާސަތުތައް އެމީހުން ބައިވެރިކޮށްގެން


9. އަސާސީ ސިއްހީ ހިދުމަތެއްގެ ގޮތުގައި ސެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތު ހިމަނައި، ރިފަރަލް ނިޒާމުތައް ފުރިހަމައަށް ޤާއިމުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ހަމަޖައްސައި، ޞިއްޙީ ޚިދުމަތްތަކަށް ވާސިލްނުވެވޭ ފަރާތްތަކަށް އެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބޭނެ ގޮތް ކަށަވަރުކުން،


10. އަނިޔާ އާއި އިހުމާލާއި، ތަފާތުކުރުމުން ޢުމުރުން ދުވަސްވީ އަންހެނުން ރައްކާތެރިކޮށް، އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން ހުރިހާ ދިމާލަކުންވެސް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި ނުކައި، ޢުމުރުން ޢުމުރުން ދުވަސްވީ އަންހެނުންނަށް ބޭނުންވާ އަޅައިލުން ފޯރުކޮށްދިނުމަށް ފުރިހަމަ ވަސީލަތްތައް ހަމަޖެއްސުން؛

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް