ads
ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ސިފައިންގެ ރިޓަޔާ ކުރެވޭ އުސޫލަށް ބަދަލު ގެނައުމަށް ފާސްކޮށްފި
ސިފައިންގެ ވަޒީފާގައި އުޅުމަށް ފަހު ރިޓަޔާ ކުރަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގަވައިދަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސިފައިންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އޭނާ އިސްލާހު ހުށަހެޅުއްވި ގޮތަށް ބިލު ފާސް ކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ 48 މެމްބަރުންގެ ވޯޓާއެކުފާސްކޮށް މިއަދު ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށަހަޅާފަ އެވެ.

މަޖިލީހުން ފާސް ކުރިއިރު ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކޮށްފައިވާއިރު މިހާރު ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ސިފައިންގެ ރިޓަޔަމެންޓް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ. 

އެއީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމާއި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް އެދުމެވެ.

ބޮންޑޭ ހުށަހެޅުއްވީ އެ ގާނޫނުގެ ތެރެއަށް ދެކަމެއް އިތުރުކުރާށެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމަށެވެ.

އެ އިސްލާހުގެ ބޭނުމަކީ ސިފައިންނަށް ރިޓަޔާ ކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް