ads
ކުރީގެ މިނިސްޓަރު މަލީހު އިދިކޮޅުގެ ޖަލްސާއެއްގައި..
މަލީހު އިދިކޮޅުގެ ކެމްޕެއިންގައި ބައިވެރިވާނަމަ އެކަން ބަލައެއް ނުގަންނާނަން: ޖޭޕީ
ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، އިދިކޮޅުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެލައްވާނަމަ އެއީ ޖޭޕީން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެޕާޓީން ބުނެފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކުރެވުނު ފަހުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތަކުގައ ބައިވެރިވެލައްވާ ކަމަށް އަންނަނީ ތުހުމަތު ކުރެވެމުންނެވެ. އެގޮތުން އިދިކޮޅު ކޯޅިޝަންގެ އިސް ވެރިިންނާއިއެކު ޖަލްސާއެއްގައި އިންނަވާ ފޮޓޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، އެފަދަ ފޮޓޯއެއް ފެނިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އަދި ޕާޓީގެ ފަރާތުން ރަސްމީގޮތުން ސްޓޭންޑެއް ނަގާފައި ނުވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ. 

އަލީ ސޯލިހު ވިދާޅުވީ، މަލީހު އަދިވެސް ހުންނެވީ ޕޭޖީގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި، އިދިކޮޅުގެ ކެމްޕެއިނުގައި އަމަލީގޮތުން ހަރަކާތްތަކުގައި ބައިވެރިވެލައްވާނަމަ އެއީ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. 

މިފަދަ ތުހުމަތު ތަކެއް ވަޒީރުކަމުން މަލީހު ވަކިކުރެވުނު ދުވަހު މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކުރައްވާފައެވެ. އެގޮތުން ވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރުވެސް އިދިކޮޅާއެކު ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި ބައިވެރިވާކަމަށް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. 

މީގެއިތުރުން އަލީ ސޯލިހު ވިދާޅުވީ، ޖޭޕީން ކުރިއަށްއޮތް ކައުންސިލް އިންތިހާބަށް ނިކުންނަނީ ޖޭޕީގެ ކެނޑިޑޭޓުން ގޮވައިގެން ކަމަށާއި، އިތުރު އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށްވެސް އަދި އިތުރު އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރުމަކީވެސް ޖޭޕީން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯލިޝަންގައި އެހެން ޕާޓީތަކާއި ޖޭޕީގެ ގުޅުން ރަނގަޅު ކަމަށާއި، ކޯލިޝަންގައި އޮވެގެން ކައުންސިލް އިންތިހާބުގައި ޖޭޕީގެ ކެނޑިޑޭޓުން ގޮވައިގެން ނިކުތުމުގެ ފުރުސަތު އެބައޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް