ads
ފޮޓޯ--އިމެގްރޭޝަން
އިމިގްރޭޝަންގެ އަންހެން މުވައްޒަފުންނަށް ރަންކަމަނައިގެ ނަމުގައި ހާއްސަ އެވޯޑެއް
އިމިގްރޭޝަންގައި މަަސައްކަތްކުރާ އަންހެން މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް އަންނަ އަހަރުން ފެށިގެން ރަންކަމަނަގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް އަންހެނުންގެ ދުވަހުއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ވިދާޅުވީ އިމިގްރޭޝަންގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށްވެސް އެވޯޑަށް ނަން ހުށަހެޅޭނެ ކަމަށާއި، އެކަމަށް ހާއްސަ ޕެނަލްއިން ބެލުމަށްފަހު އެވޯޑް ހައްގުވާ ފަރާތެއް ހޯދާނެ ކަމަށެވެ.

އަދި މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް އަންހެނުންގެ ދުވަހުގައި ކަމަށް ވެސް މުހައްމަދު އަހްމަދު ވިދާޅުވެފައި ވެއެވެ.


އަދި އެވޯޑްގެ މައިގަނޑު މަގްސަދަކަށްވަނީ އިމިގްރޭޝަންގައި މަސައްކަތް ކުރާ އަންހެން ކަބަލުނަށް އެކި ކަންކަމުގައި ހިތްވަރު ދިނުމާއި، އެންކަރޭޖްކުރުން ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ފާހަގަކުރެއްވި ގޮތުގައި އިމިގްރޭޝަންގެ މަތީ މަގާމްތަކުގައި ގިނަ އަދަދަކަށް އަންހެނުން މަސައްކަތް ކުރަމުންދާއިރު އިމިގްރޭޝަންގެ ގިނަ ޒިންމާތަކެއް އަންހެން ބޭފުޅުން ދަނީ އުފުއްލަވަމުންނެވެ.

ބަލްނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަހަކަށް ވާއިރުގައި އެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އެނޫންވެސް ތަންތަނުން އަންހެނުންނަށް ހަދިޔާ ދިނުންފަދަ ހަރަކާތްތައް ކުރިއަށްގެންދާތަން ފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް