ads
ކްރިސްޓިއާނޯ ރޮނާލްޑޯ
ޗެމްޕިއަންސް ލީގު: ރޮނާލްޑޯއަކަށް ނުވި- ޔުވެންޓަސް ކަޓައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގެ ދެވަނަ ލެގުގައި ޕޯޗުގަލްގެ ޕޯޓޯ އަތް ދަށުވެ، އިޓަލީގެ ޔުވެންޓަސްއިން މުބާރާތުން ކަޓައިފި އެވެ. ޔުވެންޓަސް ކެޓީ ދެ މެޗުގެ އެގްރިގޭޓް ހަތަރެއް ހަތަރަކުން އެއްވަރުވެ، އަވޭ ގޯލުން ޕޯޓޯއަށް ކުރި ލިބިގެންނެވެ.

އަންގާރަ ދުވަހުގެ ރޭގެ މެޗަށް ނުކުތް އިރު، ދެ ޓީމުގެ ފުރަތަމަ ލެގު ދެ ލަނޑު އެއް ލަނޑުން ޕޯޓޯ މޮޅުވެފައި އޮތުމުން ޔުވެންޓަސް އޮތީ ފެށުނު އިރުވެސް ޕްރެޝަރުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ޔުވެންޓަސް ތިން ލަނޑު ދެ ލަނޑުން ކުރީގައި އޮވެގެން ނިމުމުން ދެ ޓީމުގެ އެގްރިގޭޓް އެއްވަރުވެފައެވެ. އެއީ ހަތަރެއް ހަތަރެކެވެ. އެހެންކަމުން ޕޯޓޯއަށް ކުރި ލިބުނީ އަވޭ ގޯލުންނެވެ.

އަންގާރަ ދުވަހުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޯޓޯއިން ލިބުނު ޕެނަލްޓީއެއްގައި މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ވިހި މިނިޓްގެ ތެރޭގައެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ޔުވެންޓާސްއިން ލަނޑު ޖަހައި މެޗު އެއްވަރުކުރިއެވެ. އަދި ދެވަނަ ހާފުގެ ތެރޭގައި އިތުރު ލަނޑެއް ޖަހައި ކުރި ހޯދިއެވެ. ދޭއް އެކެއްގެ ނަތީޖާއަކުން ފުރިހަމަ ވަގުތު ހަމަވުމުން ދެ މެޗުގެ ނަތީޖާ ތިނެއް ތިނަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ތެރޭގައި އަނެއްކާވެސް ދެ ޓީމުން ދެ ލަނޑު ޖެހުމުން މެޗުގެ ނަތީޖާ ހަތަރެއް ހަތަރަކުން އެއްވަރުވެ، ޕޯޓޯއަށް ކުރި ލިބުނީއެވެ.

މި މެޗުގައި ޔުވެންޓަސްގެ ރޮނާލްޑޯއަށް ލަނޑެއް ނުޖެހުނު ނަމަވެސް އޭނާވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް