ads
ބައިސްކަލު ވަގަށް ގެންދަނީ: ފޮޓޯ ޕޮލިސް
ބައިސްކަލެއް ވަގަށް ނެގި މީހަކު ހޯދަނީ
ބައިސްކަލެއް ވަގަށް ނެގި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވަނީ ބައިސްކަލު ވަގަށް ނައިގެން ގެންދާ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. 

ނަމަވެސް، މިއީ ކޮންދުވަހަކު ކޮންތާކުން ކުރި ވައްކަމެއްކަމެއް ހާމައެއް ނުކުރެއެވެ. 

ފުލުހުންގެ ވީޑިއޯއިން ފެންނަނީ މީހަކު ބައިސްކަލެއްގައި ދުއްވާފައި މާލޭ މަގުމަތީގައި ދާތަނެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް